ކުޅިވަރު

ތަފާތު ބޮޑު ނަތީޖާއާ އެކު ޓީސީ އުންމީދު އާ ކޮށްފި

Jul 15, 2017

ޔުނައިޓަޑް ވިކްޓަރީގެ މައްޗަށް 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން، ކާމިޔާބު ހޯދައި، މާލޭ ލީގްގެ ގަދަ ހަތަރަކަށް ވަނުމުގެ ރޭހުގައި ޓީސީއިން އުންމީދު އާ ކޮށްފި އެވެ.

މޮޅާއެކު ޓީސީ އަށް ވަނީ 19 ޕޮއިންޓް ހަމަކޮށް، ތާވަލުގެ ފަސް ވަނަ ހޯދާފަ އެވެ. ވިކްޓަރީ އަށް ވެސް ވަނީ އެ އަދަދަށް ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް ޓީސީއަށް ކުރި ލިބެނީ ގޯލްގެ ތާފާތުން ކުރި ލިބޭތީ އެވެ. ޓީސީއަށް ފައިދާ އަށް ގޯލް އެބައޮތެވެ.

މިރޭ ވެލެންސިއާ ދެކޮޅަށް، ވިކްޓަރީ ކުލޭ މެޗުން މޮޅުވެ، ވިކްޓަރީއަށް 19 ޕޮއިންޓް ހަމަ ކުރެވޭނެ އެވެ. ކަލްކިއުލޭޝަނަށް ބަލާއިރު، ގަދަ ހަތަރަކަށް ވާދަ ކުރާ ޓީމު ތަކުގެ ތެރެއިން، އެންމެ ފުރުސަތު ކުޑައީ ޓީސީއަށެވެ.

ނަމަވެސް، އެ ޓީމުގެ ކޯޗް މުހައްމަދު ނިޒާމު ގަބޫލު ކުރާ ގޮތުން، އެހެން ޓީމުތަކަށް އޮތް ފުރުސަތު ޓީސީއަށް ވެސް އެބައޮތެވެ. ޓީސިގެ ހަ ލަނޑުގެ ތެރެއިން ފުރަތަމަ ދެ ލަނޑު ކާމިޔާބު ކުރީ މުހައްމަދު ސާމިރާއި ސްޓެވާޓް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހާފަ އެވެ.. ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 40 ވަނަ މިނެޓްގައެވެ. އަނެއް ލަނޑު ކާމިޔާބު ކުރީ އޭގެ ތިން މިނެޓް ފަހުން ނެވެ.

ސްޓެވާޓް، އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ، 53 ވަނަ މިނެޓްގައެވެ. އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ، 69 ވަނަ މިނެޓޤގައެވެ. އަނެއް ދެ ލަނޑު ކާމިޔާބު ކުރީ އިބްރާހިމް މަހްދީ ހުސައިން އާއި މުހައްމަދު އައްޒާމް އެވެ.