ހަބަރު

ބަނދަރާއި މަގުހެދުމުގެ ގިނަ މަޝްރޫއުތައް މިއަހަރު ނިމޭނެ: މިނިސްޓަރު

މިހާރު ކުރިއަށްދާ ބަނދަރު ހެދުމުގެ މަޝްރޫއުތަކާއި މަގު ހެދުމުގެ މަޝްރޫއުތައް މި އަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ކުރިއަށްދާ ބަނދަރު ހެދުމުގެ 39 މަޝްރޫއަކާއި މަގު ހެދުމުގެ 13 މަޝްރޫއެއް މިއަހަރުގެ ނިޔަލަށް ނިމޭނެ ކަމަށެވެ.

ޒަމާނީ ފެންވަރަށް މާލޭގެ މަގުތައް ހެދުމުގެ ގޮތުން ހައުސިން މިނިސްޓްރީން 12 މަގެއް ހެދުމުގެ މަޝްރޫއެއް ފަށާފައިވާއިރު އެ މަޝްރޫއުގެ ދަށުން މަޖީދީމަގުގެ މަސައްކަތް ވަނީ މެދަކާއި ހަމަޔަށް ނިންމާފަ އެވެ. އަދި އެ މަސައްކަތް ރޯދަ މަހަށް ހުއްޓާލާފަވީ ނަމަވެސް ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށް މިނިސްޓުރީން ބުންޏެވެ.