ހަބަރު

ގޮނޑި ގެއްލޭ މައްސަލަ އަލުން ބަލަން ގޮވާލައިފި

Jul 16, 2017
12

އިންތިހާބުވާ ޕާޓީގެ ފިކުރާ ދެކޮޅަށް މަސައްކަތް ކުރާނަމަ ނުވަތަ ޕާޓީން ވަކިވެ އެހެން ޕާޓީއަކަށް ގުޅިއްޖެނަމަ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައެޅުމަށް އެޓާނީ ޖެނަރަލް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައަށް ތާއީދުކޮށް ސުޕްރީމް ކޯޓުން ނިންމި ނިންމުން އަލުން ރިވިއުކޮށް ބަލައި ގާނޫނީ އަސާސީގެ އިމުގެ ތެރެއިން މައްސަލަ ނިންމާދިނުމަށް އިދިކޮޅު އިއްތިހާދުގެ ގާނޫނީ ވަކީލުން ގޮވާލައިފި އެވެ.

އިދިކޮޅު އިއްތިހާދުގެ ގާނޫނީ ވަކީލުން ޖުމްހޫރީ ޕާތީގެ އޮފީހުގައި މިރޭ ބޭއްވި ޕްރެސްކޮންފަރެންސްގައި ރައްޔިތުން މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ އެސްސީއިން ނިންމެވި ހުކުމުގައި ޕާޓީގެ ފިކުރު ބަދަލުވެއްޖެ ނަމަ އަމަލުކުރަންވީ ގޮތުގެ ގަނޫނެއް އެކުލަވާލަން ޖެހޭ ކަމަށް ވިދާޅުވެފައިވާ ކަމަށާއި އެކަމަކު އެ ގާނޫނު ވަނީ މާކުރިން ފާސްކޮށް ގާނޫނު އަސާސީގައި ހިމެނިފައި ކަމަށެވެ. އަދި އަދި ސުޕްރީމް ކޯޓުން ވެސް ކުށެއް ކުރެވިދާނެ ކަމަށާއި ކުށެއް ކުރެވިފައިވާ ނަމަ އެ މައްސަލަ އަލުން ރިވިއުކޮށް ގާނޫނީ އިމުގެ ތެރެއިން އެކަން ނިންމާ ދިނުމަށް ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ ރައްޔިތުން މަޖިލީހުން ފާސްކޮށް ގާނޫނު އަސާސީގައި ހިމެނިފައިވާ ގާނޫނަކަށް ބަދަލު ގެނައުމުގެ ބާރެއް އެއްވެސް ކޯޓަކަށް ނުވަތަ ސިޔާސީ ޕާޓިއަކަށް ވެސް ލިބިގެން ނުވާ ކަމަށެވެ. އަދި އެ ގާނޫނާ ފުށޫއަރާ ނުވަތަ އުނިއިތުރުކަމެއް އަންނަ އެއްވެސް ގާނޫނެއް ފާސް ކުރުމުގެ ބާރެއް މަޖިލީހަށްވެސް އަދި އެއްވެސް ކޯޓަކަށް ވެސް ލިބިގެން ނުވާ ކަމަށް ވަހީދު ވިދާޅުވި އެވެ.

"ޕާޓީގެ ފިކުރު ބަދަލުވެއްޖެ ނަމަ އަމަލުކުރަންވީ ގޮތުގެ ގަނޫނެއް އެކުލަވާލަން ޖެހޭ ކަމަށް އެސްސީއިން ފާސްކުރި ދުސްތޫރީ މައްސަލާގައި ހިމެނިފައިވޭ. އެކަމަކު އެ ގާނޫނު ވަނީ މާކުރިން ފާސްކޮށް ގާނޫނު އަސާސީގައި ހިމެނިފައި ކަމަށެވެ. އަދި އެ ގާނޫނަށް ބަދަލު ގެނައުމުގެ ބާރެއް އެއްވެސް ކޯޓަކަށް ނުވަތަ ސިޔާސީ ޕާޓިއަކަށް ވެސް ލިބިގެން ނުވޭ." ވަހީދު ވިދާޅުވި އެވެ. " ސުޕްރީމް ކޯޓްގައި ވެސް ތިބެނީ އިންސާނުން ކަމުން ކުށެއް ކުރެވިދާނެ ކަމަށް ގަބޫލުކުރަން. ކުށެއް ކުރެވިފައިވާ ނަމަ ވީ އެންމެ އަވަހަކަށް، މިރެއިން މިރެއަށް ވިޔަސް އެ މައްސަލަ އަލުން ރިވިއުކޮށް ގާނޫނީ އިމުގެ ތެރެއިން އެކަން ނިންމާ ދިނުމަށް ގޮވާލަން."

އަދި އެ ޕްރެސްގައި ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވީ މަޖިލީހުގެ ގޮނޑި ގެއްލޭފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކަން ކުރަންވީ ގޮތް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށާއި އެ ކަމަށް އުނިއިތުރު ގެނައުމުގެ ބާރު މަޖިލީހަށްވެސް ލިބިގެން ނުވާ ކަމަށެވެ. އަދި ގާނޫނެއް ނެއް ހާލަތެއްގައި ގާނޫނު ހެދިދާނެ ކަމަށް އެސްސީއިން ބުނެފައިވާ ކަމަށާއި އެކަމަކީ އެސްސީގެ އިހްތިސޯސްގައި ހިމެނޭ ކަމެއް ކަމަކަށް ނުދެކޭ ކަމަށް ހިސާން ވިދާޅުވި އެވެ. ގަނޫނު ހެދުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށާއި އެސްސީ އިން ގާނޫނަށް އުނިއިތުރު ގެނައުމަކީ ގަނޫނީ އަސާސީގައި ބަޔާން ކޮށްފައިވާ ދުސްތޫރީއާއި ހިލާފުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގާނޫނެއް ނެއް ހާލަތެއްގައި ގާނޫގަނޫނު އަސާސީއަަށް ބަދަލު ގެންނަން ޖެހޭ ގޮތުގެމަޖިލީހުގެ ގޮނޑި ގެއްލޭފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކަން ކުރަންވީ ގޮތް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވޭ. އެ ކަމަށް އުނިއިތުރު ނުގެނެވޭނެ މަޖިލީހަށްވެސް. ނަމަވެސް އެކަން އެހެން އޮއްވައި އެސްސީ އިން އެކަން ކުރެވޭނެ ކަމަށް ނިންމުމަކީ އެސްސީގެ އިހްތިސޯސްގައި ހިމެނޭ ކަމެއް ކަމަކަށް ނުދެކެން. އެއީ ގަނޫނީ އަސާސީގައި ބަޔާން ކޮށްފައިވާ ދުސްތޫރީއާއި ހިލާފުވުން." ހިސާން ވިދާޅުވި އެވެ.