ހަބަރު

ކަންނެލި ދޯނި އަދިވެސް ފުން ނުވޭ

ދިހަ މީހުނާއެކު ދަތުރުކުރަނިކޮށް މ. ކޮޅުފުށީ ފަރަށް އެރި ކަންނެލި ދޯނި އަދިވެސް ފުންނުވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނީ 10 މީހުންނާއެކު ދަތުރުކުރި "ނޫރު" ދޯނި އަދިވެސް ފުން ނުވާ ކަމަށާއި އެދޯނި ފުން ކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ނޫރު ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ 10:20 އެހާއިރު ކަމަށާއި ރެއިން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެ ދޯނި ފުންކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.