ހަބަރު

ފުވައްމުލަކުން ގެއްލުނު މީހާ އަދިވެސް ނުފެނޭ

މިދިޔަ ހުކުރު ދުވަހުގެ ރޭ ޏ. ފުވައްމުލަކުން ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރަކު ވިދާޅުވީ ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމަށާއި އެމީހާ ގެއްލުނު ސަރަހައްދު އަދިވެސް ބަލަމުން އަންނަ ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުގެރޭ 12:05 ހާއިރެވެ.

ފުވައްމުލަކު ސިޓީން ގެއްލިގެން ހޯދަމުންދަނީ ދޫޑިގަން، އުމުރުން 49 އަހަރުގެ މުހައްމަދު ޝަފީއު އެވެ. ޝަފީއު އަކީ އަނގާގާ ރިސޯޓުގައި ރޫމް އެޓެންޑެންޓެއްގެ ވަޒީފާ އަދާކުރަމުން އަންނަ މީހެކެވެ. އޭނާގެ އަންބަކާއި ދަރިއަކު ދުނިޔޭގައި އެބަތިއްބެވެ.