ހަބަރު

އައްޑޫގައި ތިން ކާރެއްގައި ރޭ ރޯކޮށްލައިފި

އައްޑޫ ސިޓީ ހިތަދޫގެ ތިން ގެއެއްގައި އޮއް ތިން ކާރެއްގައި ރޭ ރޯކޮށްލައިފި އެވެ.

ޕޮލިސް މީޑިއާ އޮފިސަރަކު ވިދާޅުވީ ރޭ 12:11 އެހާއިރު ހިތަދޫގެ ތިން ގެއެއްގައި އޮތް ކާރުތަކެއް ރޯކޮށްލާފައިވާ ކަމަށާއި ރޯ ކޮށްލާފައިވަނީ ތިން ކާރުގެ ވެސް އިންޖީނުގައި ކަމަށެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އޮފިސަރު ވިދާޅުވި އެވެ.

ފަހަކަށް އައިސް އައްޑޫގައި ކާރާއި ސައިކަލުގައި ރޯ ކުރުން ވަނީ އިތުރުވެފަ އެވެ. މިދިޔަ މަހު 12 ވަނަ ދުވަހުވެސް އައްޑޫ ސިޓީ ފޭދޫ ދެ ކާރެއްގައި ރޯ ކޮށްލާފައި ވެއެވެ.