ހަބަރު

އޭޖީ އަނިލްގެ އިތުބާރުނެއް ކަމުގެ ވޯޓަކަށް މާރިޔާ ގޮވާލައިފި

ދައުލަތުގެ ތިންބާރު އެއްކޮށްލައި ސަރުކާރުގެ ބާރުގެ ދަށަށް ގެންނަން މަސައްކަތް ކުރާ ކަމަށް ވިދާޅުވެ އެޓާނީ ޖެނަރަލް މުހައްމަދު އަނިލްގެ އިތުބާރުނެއް ކަމުގެ ވޯޓެއް ނަގާ އޭނާ މަގާމުން ދުރުކުރަން މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ގޮވާލައިފި އެވެ.

މާރިޔާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ތިން ބާރު އެއްކޮށް ސަރުކާރުގެ ނުފޫޒުގެ ބާރުގެ ދަށަށް ގެނެސް ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން މަސައްކަތް ކުރާކަމަށާއި ސަރުކާރާއި މިނިވަން މުއައްސަސާތަކަށް މަޖިލިސް ފާރަވެރިވެ ޖަވާބުދާރީ ކުރުވުމަށް އޭޖީ އަނިލް ހުރަށް އަޅަމުންދާ ކަމުން އޭޖީ އަނިލް އިތުބާރު ނެއް ކަމަށް ނަގަން ޖެހޭ ކަމަށެވެ. އަދި އޭޖީ އަނިލް މަސައްކަތް ކުރައްވަނީ މަޖިލީހުގެ އިމްތިއާޒް އަށް އަރައިގަނެ މަޖިލީހުގެ ބާރު ކަނޑުވާލަން ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރަކު އިންތިހާބު ކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް އޭޖީ އަނިލް ހުށަހެޅުއްވި މައްސަލައަށް އިދިކޮޅު ގިނަ ފަރާތްތަކުން އަންނަނީ ބަހުގެ ހަމަލާތަކެއް ރައްދު ކުރަމުންނެވެ. އިދިކޮޅުން ތުހުމަތު ކުރަނީ އޭޖީ އަނިލް ހުށަހެޅު ދުސްތޫރީ މައްސަލައަކީ މަޖިލީހަށް ނުފޫޒު ފޯރުވައި ގަނޫނު އަސާސީގެ ބާރު ކަނޑުވާލައި ސަރުކާރުގެ ދަށަށް ތިން ބާރު ގެނައުމަށް ހުށަހެޅި މައްސަލައެއް ކަމަށެވެ.