ބޮލީވުޑް

"ފަންނޭ ޚާން" ގައި ވެސް އައިޝްވާރިޔާގެ ލޯބިވެރިޔާ ހަގު

Jul 20, 2017
1

މިދިޔަ އަހަރު ނިކުތް "އޭ ދިލްހޭ މުޝްކިލް" ގައި އައިޝްވާރިޔާ ރާއީ ވަނީ އޭނާ އަށް ވުރެން ނުވަ އަހަރު ޒުވާން އެކްޓަރު، ރަންބީރު ކަޕޫރުުގެ ލޯބިވެރިޔާގެ ރޯލު ކުޅެފަ އެވެ.

އައިޝްވާރިޔާ އެ ފިލްމުގައި ފެނިގެން ގޮސްފައިވާ ރޯލު ކުޅެފައިވާލެއް ފުރިހަމަ ކަމުން އޭނާ އާއި ރަންބީރާ ދެމެދުގައި އުމުރުގެ އެހާ ބޮޑު ފަރަގެއް ހުންނަކަން ފިލްމު ބަލާ މީހަކަށް ހީ ނުވެދާނެ އެވެ.

ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ބްރޭކަކަށްފަހު އައިޝްވާރިޔާ ވަނީ ރާކޭޝް އޯމްޕްރަކާޝް މެހެރާ ޑައިރެކްޓްކުރާ ފަންނޭ ޚާން ކުޅެން ނިންމާފަ އެވެ. އައިޝްވާރިޔާ އާއެކު މި ފިލްމުގެ ލީޑްރޯލުން އަނިލް ކަޕޫރު ވެސް ފެނިގެންދާނެ އެވެ. މިއީ 1999 ވަނަ އަހަރު "ތާލް" އަށް ފަހު މި ދެ ތަރިން އެކުގައި ފެނިގެންދާ ދެވަނަ ފިލްމެވެ.

އައިޝްވާރިޔާ އާއެކު އަނިލް މި ފިލްމުގެ ލީޑްރޯލުން ފެނިގެން ދިޔައަސް، އޭނާގެ ލޯބިވެރިޔާގެ ރޯލުން ފެނިގެންދާނީ އަނެއްކާ ވެސް އައިޝްވާރިޔާ އަށް ވުރެން އެތައް އަހަރެއް ހަނގު އެކްޓަރެކެވެ.

ޒުވާން ދެ އެކްޓަރުން ކަމަށްވާ ވިކީ ކޯޝަލް އާއި ރާޖްކުމާރު ރާއޯ އަށް މި ފިލްމުގައި އައިޝްވާރިޔާގެ ލޯބިވެެރިޔާގެ ރޯލު ކުޅެން ވަނީ ހުށަހަޅާފަ އެވެ. މި ދެ ތަރިންގެ ތެރެއިން މި ފިލްމު ކުޅޭނެ ތަރިއެއް އަދި ޔަގީންނުވި ނަމަވެސް ވަރަށް އަވަހަށް އެ ތަރިއަކު އިއުލާން ކުރާނެ ކަމަށްވެ އެވެ.

އުމުރުން ދޮށީ ބަތަލަކު ވަރަށް ޒުވާން ބަތަލާއިންނާއެކު ފިލްމު ކުޅުމަކީ އާންމު ކަމެއް ނަމަވެސް ޒުވާން އެކްޓަރުންނާއެކު އުމުރުން ދޮށީ ބަތަލާއިން ފިލްމު ކަަމަކީ އަދި ބޮލީވުޑަށް އާ ކަމެކެވެ.

"ފަންނޭ ޚާން" އަކީ އައިޝްވާރިޔާ ފަސް އަހަރުުގެ ބްރޭކަަކަށްފަހު އަލުން ފިލްމު ކުޅެން ފެށި ފަހުން ކުޅޭ ފުރަތަމަ ކޮމެޑީ ފިލްމެވެ.

މި ފިލްމަކީ 2000 ވަނަ އަހަރު ނިކުތް ޑަޗް ފިލްމު "އެވްރީބޮޑީސް ފޭމަސް" ގެ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ. އަންނަ މަހުގައި މި ފިލްމުގެ ޝޫޓިން ފަށާއިރު ހިންދީ ފިލްމުގައި ތަފާތުތަކެއް ފެނިގެންދާނެ ފިލްމު އުފަައްދާ ފަރާތުން ވަނީ ބުނެފަ އެވެ.