ހަބަރު

ބަންދުގެ މުއްދަތު މަޖިލީހަށް ފާރިސް ހާޒިރުކޮށްފި

Jul 19, 2017
ފާރިސް މައުމޫން ކޯޓަށް ހާޒިރު ކުރަނީ
0%
0%
0%

އިއްޔެ ހައްޔަރު ކުރި ރައްޔިތުންގެ މަޖިލިސް މެންބަރު އަހުމަދު ފާރިސް މައުމޫންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކޮށްފި އެވެ. ފާރިސް ދިރިއުޅުއްވާ މ. ސްނޯރޯޒް ބަލައި ފާސްކުރުމަށް ފަހު ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ރިޝްވަތުގެ ތުހުމަތަކަކާ ގުޅިގެން ތަހުގީގު ކުރާ މައްސަލައެއްގަ އެވެ.

ސްނޯރޯސް އިން ފާރިސް ހައްޔަރު ކުރި އިރު ހެކީގެ ގޮތުގައި އެގެއިން ޕެންޑްރައިވް އަކާއި އިތުރު ބައެއް ތަކެތި ފުލުހުން ގެންގޮސްފައިވާ ކަމަށް ފާރިސްގެ ގާނޫނީ ވަކީލު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ހެއްކާ ގަރީނާ ފާރިސްގެ މައްޗަށް ހުރި ކަމަށް ފުލުހުން ބުނެފައިވާއިރު، އަދި އޭގެ ފަހުން އޭނާ ހައްޔަރުކޮށް ތަހުގީގު ޖަލު، ދޫނިދޫއަށް ގެންގޮސްފައިވާއިރު އޭނާގެ މައްޗަށް އިތުރު ދައުވާއެއްވެސް ވަނީ އުފުލައި ޝަރީއަތް ފަށާފަ އެވެ. އެނާ މައްޗަށް ކުރާ އެ ދައުވާއަކީ ޝަހުސް އޮޅުވާލުމުގެ ދައުވާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345