ހަބަރު

ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރުމަށް އެންވަޔަރަންމަންޓް މިނިސްޓުރީގެ ފަރާތުން ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ. މަޝްރޫއު މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ދައުލަތުގެ ބަޖެޓުންނާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ ލޯން އެހީގެ ދަށުން 135.9 މިލިއަން ރުފިޔާ އަށެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާޓުން ސޮއި ކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހީމް އެވެ. އަދި އަދި ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް ޑިރެކްޓަރ ޖޭއޭސީ ޕްރަބާޝް އެވެ. އެ މަޝްރޫއުގެ މަސައްކަތް ސިއެރާ ކޮންސްޓްރަކްޝަންއާ ހަވާލު ކޮށްފައިވަނީ ތިން އަރާއި ނުވަ މަސްދުވަހުގެ ތެރޭގައި ނިންމާށެވެ.

ައިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ ލޯން އެހީގެ ދަށުން ނަރުދަމާ ގާއިމްކުރުމަށް ހަމަޖެހިފައިވާ 5 ރަށެއްގެ ތެރެއިން، ކ.ހިންމަފުށި، ކ.ތުލުސްދޫ އަދި ހދ.ނޮޅިވަރަންފަރުގެ ނަރުދަމާ ނިޒާމުގެ ޑިޒައިން މަސައްކަތާއި ޓެންޑަ ޑޮކިއުމަންޓު ތައްޔާރުކުރުމުގެ މަސައްކަތް ކޮންސަލްޓަންޓުންނާއި ހަވާލު ކުރެވިފައިވަނީ 2015 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ރިޔަން ކޮންސަލްޓަންޓް ޕްރައިވެޓް ލިމިޓެޑް އާއެވެ. އަދި ކޮންސަލްޓަންޓް ވަނީ 9 ސެޕްޓެންބަރު 2016 ގައި ޑީޓައިލް ޑިޒައިންގެ މަސައްކަތްތައް ނިންމާފައެވެ. އަދި ޓެންޑަ ޑޮކިއުމަންޓްވަނީ 26 ޖޫން 2016 ނިންމާ މިނިސްޓްރީއަށް ހަވާލުކޮށްފަ އެވެ.

މިމަޝްރޫޢުގެ ދަށުން އެ ތިން ރަށުގައި ނަރުދަމާ ވިއުގަ ގާއިމުކުރުމާއި ސުވޭޖް ޓްރީޓްމަންޓް ޕްލާންޓް ގާއިމުކުރުމާއިއެކު އެ ނިޒާމް ހިންގާނެ އެޑްމިނިސްޓްރޭޓިވް ބިލްޑިން އެއް ގާއިމު ކުރާނެ އެވެ. އަދި އެ ތިން ރަށުގެ މީހުން ދިރިއުޅޭ ހުރިހާ ގޭބިސީތަކާއި މުއައްސަސާތަކަށް ނަރުދަ މާގެ ހިދުމަތް ގުޅައިދޭނެއެވެ.