ހަބަރު

މޯލްޑިވްސް ގޭހުން އައިޖީއެމްއެޗްގައި އޮކްސިޖަން ޕްލާންޓް ގާއިމްކޮށްފި

މޯލްޑިވްސް ގޭހުން އައިޖީއެމްއެޗްގައި އޮކްސިޖަން ޕްލާންޓެއް ގާއިމްކޮށް މިއަދު އިފްތިތާހު ކޮށްފި އެވެ.

އައިޖީއެމްއެޗުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްލާންޓު ހުޅުވައިދެއްވީ މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން އާއި އައިޖީއެމްއެޗުގެ އެކްޓިން ޑިރެކްޓާ އޮފް މެޑިކަލް ސާވިސް ޑރ. އާމިނަތު ނަޒީރެވެ.

އެ ރަސްމިއްޔާތުގައި މައުމޫން ވިދާޅުވީ ފާއިތުވެދިޔަ އަހަރު ތަކުގައި ސިލިންޑަރުތައް އުފުލައިގެން އޮކްސިޖަން ދިންނަމަވެސް މިއަދު ހުޅުވިގެންދިޔަ އޮކްސިޖަން ޕްލާންޓުގެ ސަބަބުން ޕޭޝަންޓުންނާއި ހަމަޔަށް އޮކްސިޖަން ފާރުކޮށްދެވިގެންދާނީ އެޅިފައިވާ ހޮޅިއަކުން ކަމަށެވެ. އަދި އެ ޕްލާންޓަކީ މިހާރު އައިޖީއެމްއެޗްގައި ބޭނުން ކުރާ އޮކްސިޖަންގެ ދެގުނަ އުފައްދާދޭނެ ޕްލާންޓެއް ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ އައިޖީއެމްއެޗްގައި މިހާރު ގާއިމްކުރަން އަންނަ 25 ބުރީގެ އިމާރާތުގައިވެސް އޮކްސިޖަން ޕްލާންޓެއް ގާއިމް ކުރަން ބޭނުންވާ ކަމަށާއި އެކަން ކެރުމުގެ ފުރުސަތު ލިބިގެންދިއުން އެދޭ ކަމަށެވެ.

މިތަނުން އުފައްދާ އޮކްސިޖަން އަކީ މިހާރު މިތަނުން އުފައްދަމުންދާ އޮކްސިޖަންއަށްވުރެ ދެގުނަ އިތުރަށް އުފެއްދޭ ވަރުގެ ޕްލާންޓެއް މި ބެހެއްޓީ. އައިޖީއެމްއެޗްގެ ކެޕާސިޓީ އިތުރަށް ބޮޑުވެގެން ދިޔަޔަސް މިތުރު ޕްލާންޓެއް ނުބަހައްޓަ މިހާރު ހުރި ޕްލާންޓުން ކޭޓަ ކުރެވޭނެ" މައުމޫން ވިދާޅުވި އެވެ.