ބޮލީވުޑް

ކެޓްރީނާ އުފަންދުވަހު ޕާޓީގައި ސަލްމާންގެ ލޯބިވެރިޔާ އިއުލިއާ

Jul 21, 2017

ބަތަލާ ކެޓްރީނާ ކައިފް، ސުޕަސްޓާ ސަލްމާން ޚާނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނިކޮށް ޒުވާން އެކްޓަރު ރަންބީރު ކަޕޫރާ ދިމާވެ، ސަލްމާނާ ރުޅިވެ ވަނީ ރަންބީރާ ރައްޓެހިވެފަ އެވެ. ރަންބީރާއި ކެޓްރީނާގެ ހަ އަހަރުވީ ލޯބީގެ ގުޅުން ވެސްް ނިމުމަކަށް އަޔަސް ކެޓްރީނާ އާއި ސަލްމާންގެ ލޯބީގެ ވާހަކަ އަދިވެސް ވަރަށް ހިޓެކެވެ. އެ ދެ ތަރިންގެ ޖޯޑުގެ ހިޓުކަމުން ފިލްމު ތަކުގައި ކެޓްރީނާ އާއި ސަލްމާން ހިމަނަން ބޭނުންވާ އެތަކެއް ޑައިރެކްޓަރުންނެއް އެބަ ތިއްބެވެ.

ކެޓްރީނާއާ އަހަރުތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ވަކިވި ނަމަވެސް ސަލްމާން ހަޔާތުގައި އަދިވެސް ކެޓްރީނާ އަކީ އެންމެ ހާއްސަ އެއް ފަރާތެވެ. ސަލްމާންގެ މިހާރު އާ ލޯބިވެރިޔަކު ހުއްޓަސް ކެޓްރީނާގެ ފިލްމީ ކެރިއަރު ކޮޅަށް ޖަހައި ދިނުމަށް ސަލްމާން އަބަދުވެސް ހުންނަނީ ތައްޔާރަށެވެ.

ކެޓްރީނާ އެކޭ އެއްގޮތަށް ސަލްމާންގެ އާ ލޯބިވެރިޔާ އިއުލިއާ ވަންތޫރު، މަޝްހޫރު ލަވަކިޔުން ތެރިއަކަށް ހަދަން ސަލްމާން އަންނަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

މީގެކުރިން އަޑުތައް އަރާފައިވާ ގޮތުގައި ސަލްމާނާއި ކެޓްރީނާގެ ދެމެދުގައި ގާތް އެކުވެރިކަމުގެ ގުޅުމެއް އޮތުމަކީ އިއުލިއާ މާގަޔާވާ ކަމެއް ނޫނެވެ. އެކަމާ އިއުލިއާ ހިތްހަމަނުޖެހި ބަސް ބުނާތީ ސަލްމާނާ އޭނާއާ މައްސަލަ ވެސް ޖެހޭ ކަމަށްވެ އެވެ.

ސަލްމާންގެ އާއިލާ އާއެކު އޭނާގެ ގޭގައި ދިރިއުޅެމުން އަންނަ ރޮމޭނިއާ އަށް ނިސްބަތްވާ އިއުލިއާ އާއި ކެޓްރީނާ އާ ދެމެދުގައި އޮންނަ ގުޅުން ވަރަށް ގޯސް ކަމަށް އަޑުތައް އަރާފައި އޮތް ނަމަވެސް އެކަން އޮންނަނީ އެ ގޮތަށް ނޫންކަން މިވަނީ އެނގިފަ އެވެ.

މި މަހުގެ 16 ވަނަ ދުވަހު ދުވަހު 34 އަހަރު ވަނަ އުފަންދުވަހު ކެޓްރީނާ ފާހަގަކޮށްފައިިވަނީ އޭނާގެ އެންމެ ގާތް ފަރާތްތަކާ އެކު ނިއުޔޯކްގަ އެވެ.

ނިއުޔޯކްގައި ބޭއްވި 18 ވަނަ އިންޑިއަން އިންޓަނޭޝަނަލް ފިިލްމު އެވޯޑްސް (އައިފާ) އަށް ފަހު ބޮލީވުޑްގައި ތިބި ކެޓްރީނާގެ ގާތް ފަރާތްތަކުން ވަނީ އޭނާގެ އުފަންދުވަސް ނިއުޔޯކްގައި ފާހަގަކޮށްފަ އެވެ.

ކެޓްރީނާގެ އުފަންދުވަސް ފާހަގަކުރަން ބޭއްވި ކުޑަ ހަފްލާގައި ބައިވެރިވި ފަރާތްތަކާއި ބެލުންތެރިން ހައިރާންކޮށްލާފައިވަނީ އިއުލިއާ ކެޓްރީނާގެ އުފަންދުވަސް ފާހަގަކުރަން ބައިވެރިވުމުންނެވެ.

ހަބަރުތައް ބުނާގޮތުން އައިފާ އެވޯޑް ހަފްލާ އަށް ފަހު ބޮލީވުޑްގައި ތިބި ކެޓްރީނާގެ އެކުވެރިންނަށް އޭނާަގެ އުފަންދުވަސް ފާހަގަކުރަން އެންމެނަށް ދައުވަތު ވެސް ދީފައިވަނީ ސަލްމާނެވެ. އަދި ކެޓްރީނާގެ އެކުވެރިންނެކޭ އެއްގޮތަށް އިއުލިއާ ވެސް އޭނާ އަށް އުފަންދުވަހުގެ ތަހުނިޔާ ކިޔައި ވަނީ އެ ހަފްލާގައި ބައިވެރިވެފަ އެވެ. އަދި އެ ދެމީހުން ފެނިގެން ގޮސްފައިވަނީ ވަރަށް އެކުވެރިކޮށް ހީ ސަމާސާ ކޮށް ވާހަކަދެއްކި ތަން ކަމަށް ވެސް އެ ހަފްލާގައި ބައިވެރިވި މީހަކު ވަނީ ބުނެފަ އެވެ.

މީގެ މަހެއްހާ ދުވަސްކުރިން ސަލްމާން އާއި ކެޓްރީނާ މިހާރު އެކުގައި ކުޅެމުން އަންނަފ ފިލްމު، "ޓައިގާ ޒިންދާ ހޭ" ގެ ޝޫޓިންގައި މެހެބޫބް ސްޓޫޑިއޯ ގައި ހަރަކާތްތެރި ވަނިކޮށް ވަނީ އެ ތަނަށް ގޮސް ކެޓްރީނާއާ ބައްދަލުކޮށްފަ އެވެ.