ބޮލީވުޑް

"ނަމަސްތޭ އިންގްލެންޑް" އުފައްދަން އަކްޝޭ ހުރަސް އަޅަނީ!

Jul 22, 2017
1

ދެހާސް ހަތް ވަނަ އަހަރު ނިކުތް ކާމިޔާބު ފިލްްމު، "ނަމަސްތޭ ލަންޑަން" ގެ ދެވަނަ ބައި، "ނަމަސްތޭ އިންގްލޭންޑް" އުފައްދަން އުޅޭތާ އެތަކެއް އަހަރުވެއްޖެ އެވެ.

އެ ފިލްމު ނުއުފެއްދި ދިހަ އަހަރުވެގެން ގޮސްފައިވަނީ ފުރަތަމަ ފިލްމުގެ ލީޑްރޯލުން ފެނިގެންދިޔަ އަކްޝޭ ކުމާރު އެހެން ފިލްމުތަކުގެ މަސައްކަތުުގައި މާ ބޮޑަށް ބިޒީވުމުންނެވެ. އަކްޝޭ އަށްޓަކައި ދެވަނަ ފިލްމު އުފެއްދުން މަޑުޖައްސާލައި އެތަކެއް އަހަރެއް އޮތް ނަަމަވެސް އެ ފިލްމު ވަނީ އަކްޝޭ އާއި ސޮނާކްޝީ ސިންހާ ލީޑްރޯލުން ފެނިގެންދާނެ ކަމަށް ބުނެ އިއުލާންކޮށްފަ އެވެ.

އޭގެފަހުން އަކްޝޭ "ޓޮއިލެޓް" އާއިި "ގޯލްޑް" އަދި "2.0" ގެ މަސައްކަތުގައި އަނެއްކާ ވެސް ބިޒީ ވުމުން އެ ފިލްމުގެ ޑައިރެކްޓަރު ވިޕުލް އަމްތުތްލާލް ޝާހް ވަނީ އާ ލީޑްތަރިން ތަކާކާ އެކު ފިލްމު މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަކަން އިއުލާންކޮށްފަ އެވެ.

"އިޝަކްޒާދޭ" ގެ ދެ ތަރިން ކަމަށްވާ އަރްޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްޅާ ލީޑްރޯލުގައި ހިމަނައިގެން "ނަމަސްތޭ އިންގްލެންޑް" އުފައްދަން ވިޕުލް އެންމެ ފަހުގެ ތައްޔާރީތައް ފެށިތަނާ އަކްޝޭ ވަނީ ފިލްމަށް ހުރަސް އަޅަން ފަށާފަ އެވެ.

އަކްޝޭ އާ ނުލައި ދެވަނަ ފިލްމު ކުރިއަށް ގެންދާތީ އެކަމާ ހިތްހަމަނުޖެހިގެން ވަނީ "ނަމަސްތޭ ލަންޑަން" ގެ ފިކުރީ ހައްގުތަށް ދޭން ދެކޮޅު ހަދާފަ އެވެ. އެ ފިލްމުގެ ނަން ރަޖިސްޓްރީކޮށްފައިވަނީ އަކްޝޭ އާއި ވުޕުލްގެ ނަމުގަ އެވެ.

"ނަމަސްތޭ އިންގްލެންޑް" ނަމުގައި ފިލްމުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެތީ ވިޕުލް މިހާރު ވަނީ ފިލްމުގެ ނަން "ނަމަސްތޭ ކެނެޑާ" އަށް ބަދަލުކޮށް ފިލްމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފަ އެވެ. އަދި ޔޫކޭގެ ބަދަލުގައި ފިލްމުގެ ޝޫޓިން ވެސް އުތުރު އެމެރިކާ ގައި ނެގުމަށް ހަމަޖައްސާފަ އެވެ.

ނަން ބަދަލުކޮށްގެން ފިލްމުގެ މަސައްކަތް ފަށަން ވިޕުލް ނިންމި ނަމަވެސް ކުރިއަށް އޮތް ތަނުގައި ފިލްމަށް އިތުރު މައްސަލަތަކެއް ދިމާވާނެކަން އަދި ނޫންކަން ބުނަން އަދި އަވަހެވެ.

މި ފިލްމުގެ އިތުރުން ޕަރިނީތީ އާއި އަރްޖުން ވަރަށް އަވަހަށް ދިބާކަރް ބެނެރްޖީގެ "ސަންދީޕް އޯރް ޕިންކީ ފަރާރް" ގެ ޝޫޓިން ފަށާނެ އެވެ.