ހަބަރު

ގޮނޑި ގެއްލުވާލި މައްސަލަަ ސުޕްރީމް ކޯޓުން އަވަހަށް ބަލަން ގޮވާލައިފި

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުނުކަމަށސް ވިދާޅުވެ އިލެކްޝަން ކޮމިޝަނުން ނިންމައި މަޖިލީހަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓު (އެސްސީ) އިން ބަލައި އަވަހަށް ގޮތެއް ނިންމަން ޖެހޭ ކަމަށް އިދިކޮޅު ފަރާތްތަކުން ގޮވާލައިފި އެވެ.

މ. ކުނޫޒުގައި މިދިކޮޅު ފަރާތްތަކުން ބޭއްވި ޕްރެސްގައި ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒް ވިދާޅުވީ ގޮނޑި ގެއްލިއްޖެ ކަމަށް ވިދާޅުވެ އީސީ އަދި މަޖިލީހުން ނިންމާފައިވާ ނިންމުމަކީ ގާނޫނާ ހިލާފަށް ހިންގާފައިވާ އަމަލެއް ކަމަށާއި އެ މައްސަލަ އެސްސީން އަވަހަށް ބަލައި ގޮތެއް ނިންމުމަށެވެ. އަދި މަޖިލީހުގެ ކަންކަމުގައި ފަހު ބަސް ބުނުމުގެ ހައްގު ލިބިގެންވަނީ އެސްޕީއަށް ކަމަށާއި އެ މައްސަލައަކީ މުހިންމު މައްސަލައެއް ކަމުން އެ މައްސަލަ ލަސްނުކޮށް ވީ އެންމެ އަވަހަށް ބަލައި ގޮތެއް ނިންމުމަށް ރިޔަޡް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ އެސްސީގެ އަމުރަށް ހިލާފަށް ވަކި ބަޔަކު ފައިދާ އެއް ނެގުމުގެ ގޮތުން ރައްޔިތުން މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކާއި އީސީ ހިންގާފައިވާ އަމަލަކީ ގާނޫނާ ހިލާފަށް ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ. އަދި ނުބައިކޮށް މާނަ ނަގައިގެން ރައްޔިތުން އިންތިހާބު ކޮށްފައިވާ މީހުންނާ ދޭތެރޭގައި ގޮނޑިގެއްލުނު ކަމަށް ނިންމި ބޭފުޅުންނާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

"އެސްސީއިން އަވަސް ނިންމުމެއް ނިންމަން ޖެހޭ. މަޖިލިސް ހުއްޓުވާލާފައެއް ނުބޭއްވޭނެ. ގޮނޑިގެއްލުނު ކަމަށް ވިދާޅުވެ މަޖިލީހުން އަންގާފައިވާ ކަންކަމަށް އެސްސީން އަވަހަށް ގޮތެއް ނިންމައި ޖަވާބުދާރީ ވާން ޖެހޭނެ. އެކަމަކީ ލަސްކުރެވެން އޮތް ކަމެއް ނޫން." ރިޔާޒް ވިދާޅުވި އެވެ. "ގޮނޑި ގެއްލިއްޖެ ކަމަށް އީސީ އިން ނިންމި މައްސަލަ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅާފައި. އެކަމަށް ފަހު ބަސް ބުނުމަކީ ސްޕްރީމް ކޯޓުގެ ޒިންމާއެއް. މިއީ މުހިންމު މައްސަލައެއް. އެސްސީގެ އަމުރާ ހިލާފަށް ވަކި ބަޔަކު ފައިދާ އެއް ނެގުމުގެ ގޮތުން ރައްޔިތުން މަޖިލީހުގެ ނައިބް ރައީސް އަދި އީސީން ހިންގާފައިވާ ޖަރީމާއެއް"

ރައްޔިތުން މަޖިލީގެ ބައެއް މެންބަރުންގެ ގޮނޑި ގެއްލި އަލުން އެދާއިރާތަކުގެ ބައި އިލެކްޝަން އީސީން ވަނީ އިއުލާން ކޮށްފަ އެވެ. އަދި އެ މައްަލައިގެ ފަހުގެ ނިންމުން ނިންމަން ޖެހޭނީ ސުޕްރީމް ކޯޓުން ކަމަށް ވިދާޅުވެ އެ މައްސަލަ ބަލައިދިނުމަށް އިދިކޮޅުން ގޮޑިގެއްލުނު ފަރާތްތަކުން ވަނީ މައްސަލަ ހުށަހަޅާފަ އެވެ.