ހަބަރު

މައުމޫނަކީ ޑިކްޓޭޓަރެއް، އިހުތިރާމެއް ނެތް: ޝައިނީ

Jul 24, 2017
14

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަކީ ޑިކްޓޭޓަރެއް ކަމަށާއި އޭނާއަށް އިހުތިރާމެއް ނެތް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝައިނީ ޓްވީޓް ކުރައްވާ ވިދާޅުވީ މައުމޫނަށް ވޯޓްދީ މައުމޫނުގެ ސަރުކާރު ދަމަހައްޓަން އޭނާއަށް މަސައްކަތް ކުރެވުނީތީ ދެރަވާ ކަމަށާއި "ދެން ޑިކްޓޭޓަރު މައުމޫނަށް އިހްތިރާމެއް ނެތް" ކަމަށެވެ.

އޭނާ އެފަދަ ގޮތަކަށް ވިދާޅުވި އިރު މައުމޫން ވަނީ ރައީސް ޔާމީނަށް ތާއީދު ކުރެއްވުނީ ހިތާމަ ކުރައްވާ ކަމަށާއި އެކަމާ މާފަށް އެދި ވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

ޝައިނީއަކީ މައުމޫނުގެ ސަރުކާރުގައި ވެސް މަސްވެރި ކަމުގެ ދާއިރާގެ މަގާމުތައް ފުރުވާފައިވާ ބޭފުޅެކެވެ.