ދުނިޔެ

ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް އިތުރު 2400 ގެ އަޅަން ތައްޔާރުވެއްޖެ

ބައިނަލް އަގުވާމީ ހުރިހާ ގާނޫނަކާ ހިލާފަށް އިޒްރޭލުން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ހުޅަނގު އައްްސޭރީގެ ބިންތަކުގައި ޔަހޫދީން އާބާދު ކުރުމަށް އިތުރުން 2400 ހައުސިން ޔުނިޓް އަޅަން އެގައުމުގެ ޕްލޭނިން އެންޑް ބިލްޑިން ކޮމިޓީން ހުއްދަދީފިއެވެ.

އިޒްރޭލުގެ ނޫހެއް ކަމަށްވާ ޔެޑިއޮތު އަހުރޮނަތު އާ ހަވާލާދީ ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރުން ބުނީ ހައުސިން ޔުނިޓްތަކުގެ އިތުރުން " އޫރު ޔަހޫދާ" ގެ ނަމުގައި ގާއިމްކޮށްގެން އުޅޭ އާބާދީިގެ ކަައިރީގައި ސިނާއީ ސަަރަހައްދެއް ތަރައްގީ ކުރަން ވެސް ކޮމިޓީން ވަނީ ނިންމާފައެވެ.

ހިފާފައިވާ ބިންތަކުގައި ޔަހޫދީން އާބާދުކުރުމުގެ މަސައްކަތް އިޒްރޭލުން ކެނޑިނޭޅި ކުރަމުންދާއިރު އެ މައްސަކަތް ހުއްޓައިލުމަށް ގޮވާލާ ގަރާރެއް އދ.ގެ ސަލާމަތީ މަޖިލީހުން މިދިޔަ 2016 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 23 ވަނަ ދުވަހުވެސް ވަނީ ފާސްކޮށްފައެވެ.

އިޒްރޭލުން ފަލަސްތީނުމީހުންގެ ބިންތައް ފޭރެމުންދާއިރު ގަރާރުތައް ފާސްކުރުން ފިޔަވާ އެއްވެސް ފިޔަވަޅެއް އެގައުމާ ދެކޮޅަށް އދ އިން އަޅާފައެއް ނުވެއެވެ.