ކުޅިވަރު

ޝާފީ، ގްރީން ސްޓްރީޓަށް

Jul 27, 2017
1

ވެލެންސިއާގެ ކެޕްޓަން ޝާފިއު އަހްމަދު ގްރީން ސްޓްރީޓަށް ބަދަލު ވެއްޖެ އެވެ. ގައުމީ ޓީމުގެ ވައިސް ކެޕްޓަންކަން ވެސް ކުރަމުން އަންނަ ޝާފީ ގްރީން ބަދަލު ވުމުގެ ކުރިން، އޭނާ ގެންދަން ބައެއް އެހެން ޓީމުތަކުންވެސް މަސައްކަތް ކުރި އެވެ.

ވެލެންސިއާ އިން ގައުމީ ޓީމުގައި ހިމެނޭ އަނެއް ކުޅުންތެރިޔާ ގޯލްކީޕަރު މުހައްމަދު ފައިސަލް ދިޔައީ ނިއުރޭޑިއަންޓަ ށެވެ. ވެލެންސިއާގެ ދެން ތިބި ކުޅުންތެރިން ވަނީ ޓީމުގައި މަޑު ކޮށްފަ އެވެ.

ގްރީންގެ ކޯޗް ސޮބާހް މުހައްމަދު ބުނީ، ޝާފީގެ ލީޑާޝިޕާއި އޭނާގެ ތަޖުރިބާ އަކީ ގްރީންސްޓްރިޓަށް ޓީމަށް މުހިންމު ކަމަކަށް ވެގެންދާނެ ކަމަށެވެ.

"ޓީމުގެ ފަހަތުގައި ވަރުގަދަ ލީޑަރެއް ހުރުމަކީ މުޅި ޓީމަށް ލިބިގެން ދާނެ ހިތްވަރެއް، އަދި ޝާފީ އަކީ މަސައްކަތު ރޭޓް ވަރަށް ރަނގަޅު ކުޅުންތެރިޔެއް އަމިއްލަ މަސައްކަތުން މޮޅުވާން މަސައްކަތް ކުރާ ކުޅުންތެރިޔެއް." މީގެ ކުރިން، ވިކްޓަރީ އާއި ނިއު އަށް ވެސް ކުޅުނު ޑިފެންޑަރާ ބެހޭ ގޮތުން ސޮބާ ބުންޏެވެ. މިއަދު ގްރީންގެ ޕްރެކްޓިހުގައި ސޮބާ ބައިވެރި ވާނެ އެވެ.

ގްރީން އިން ވަނީ 2015 ވަނަ އަހަރު ނިއު އަށް ކުޅުނު މާކޯ ވިލިއަން ވެސް ގެނެސްފަ އެވެ. އެ އަހަރު، ނިއުގެ ކޯޗަކަށް ސޮބާ ހުރެގެން، އެ ޓީމު ޕްރެޒިޑެންޓް ކަޕްގެ ފައިނަލަށް ގެން ގޮސްދިން އިރު، ވިލިއަން ވަނީ ސޮބާގެ އިރުޝާދުގެ ދަށުން ނިއު އަށް ކުޅެފަ އެވެ.

ޝާފީ އަކީ ނިމިގެން ދިޔަ ޓްރާންސްފާ ޕީރިއަޑްގައި ގްރީން އަށް ގެނައި، ދިވެހި ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެ ޓީމަށް ވަނީ، ދެ ވަނަ ޑިވިޝަން އެ ޓީމަށް ކާމިޔަބު ކޮށް ދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި، އަހްމަދު އަޝްފާން އާއި އާދަމް އިޝާމް (ސަން) ގެނެސްފަ އެވެ. އަދި މިހާރު ވަނީ ޔުނައިޓަޑް ވިކްޓަރީގެ ނައްޒާމް ވެސް ވަނީ ގްރީން އަށް ގެނެސްފަ އެވެ.

ސޮބާ ބުނީ ޔޫކްރޭންގެ ކުޅުންތެރިޔަކަށް ވެސް ގްރީން ގެންނަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ވިލިއަން ގެނައީ ފެންވަރު ނޭންގޭ ކުޅުންތެރިޔަކަށް ވުރެ، ފެންވަރު އެނގޭ ކުޅުންތެރިޔަކު ގެނައުމަށެވެ. އޭނާ ބުނީ ވިލިއަން ކަހަލަ ތަޖުރިބާ ކާރު ކުޅުންތެރިޔަކު ގްރީން އަށް އުމަކީ ޒުވާން ކުޅުންތެރިންނަށް ކުރި އެރުން ލިބޭނެ ކަމެއް ކަމަށެވެ.