ހަބަރު

ކެފޭއެއް ތެރޭގައި މީހަކަށް ހަމަލާދީ ޒަހަމް ކޮށްލައިފި

ކެފޭއެއް ތެރެއަށް ވަދެ ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރަކު ވިދާޅުވީ ލޮނުޒިޔާރަތް މަގުގައި ހުންނަ ކެފޭއެއް ތެރެއަށްވަދެ މާރާމާރީ ހިންގައި ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 6:30 އެހާއިރު ކަމަށެވެ. އަދި އެމީހާއަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މިދިޔަ އަނގާރަ ދުވަހުވެސް ވަނީ ދެ މާރާމާރީއެއްގައި ތިން މީހަކު ޒަހަމް ވެފައެވެ. އަދި މިދިޔަ ހަފްތާގެ ބުދަ ދުވަހު އެލްސިއޯން ބޭކަރީ ކައިރިން މާރަމާރީ ހިންގާ މީހެއް ގަޔަށް ވަޅި ހެރި މައްސަލާގެ ތުހުމަތަށް ހަ މީހަކު ހައްޔަރުކޮށްފައި ވެއެވެ.