ހަބަރު

މިނިވަން ދުވަހުގެ ރަސްމީ ބައްދަލު ކުރެއްވުން ބާއްވައިފި

މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މިރޭ ދަރުބާރުގޭގައި ބާއްވަވައިފި އެވެ.

މި ހަފްލާއަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކުރައްވައި، މިނިވަންދުވަހުގެ ތަހުނިޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހިދު ހަސަން މަނިކާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ވަޒީރުންނާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިންނާއި، ސްޓޭޓް މިނިސްޓަރުންނާއި ބޭރުގެ އިތްޒަތްރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މިރޭގެ ހަފުލާގެ ތެރޭގައި "މަގޭ ގައުމު" ނަމުގައި ގައުމީ ލަވައެއް ވެސް ވަނީ ނެރެފަ އެވެ. އެ ލަވަ ހައްދަވައި ދެއްވީ އަބްދުއްރަޝީދު ހުސައިންނެވެ.