ބޮލީވުޑްގެ އެންމެ މަޝްހޫރު އޮން ސްކްރީން ޖޯޑަކީ ސުޕަސްޓާ ޝާހްރުކް ޚާން އާއި ބަތަލާ ކާޖޮލް އެވެ. މި ދެތަރިން ފުރަތަމަ ފިލްމެއް ކުޅުނުތާ ފަންސަވީސް އަހަރަށް ވުރެން ގިނަ ދުވަސްވީއިރު ވެސް ޝާހްރުކް - ކާޖޮލްގެ ޖޯޑު ވައްޓާލެވޭނެވަރުގެ އިތުރު ޖޯޑެއް ބޮލީވުޑަށް އުފަންވެފައެއް ނުވެ އެވެ.
އަހަރުތަކެއް ފަހުން ޝާހްރުކާއި ކާޖޮލް އެންމެފަހުން އެކުގައި ފެނިގެން ގޮސްފައިވަނީ 2015 ވަނަ އަހަރުުގެ ޑިސެމްބަރު މަހުގައި ނިކުތް ރޯހިތު ޝެޓީގެ "ދިލްވާލޭ" އެވެ.
އެ ފިލްމަށް ފަހު މި ދެތަރިން އަލުން އެކުގައި ފެންނާނެ އިރަކަށް ފޭނުން އިންތިޒާރުކުރަމުން އަންނައިރު، އެ ދެމީހުންނަށް އެންމެ ގިނައިން ކުރިމަތިވާ ސުވާލަކީ ވެސް ދެން އެކުގައި ފިލްމަކުން ފެނިގެންދާނީ ކޮން އިރަކުން ތޯ އެވެ.
އެ ސުވާލަށް މިފަހުން އޮތް އިވެންޓެއްގައި ޖަވާބު ދެމުން ކާޖޮލް ވަނީ ދެން އެންމެ އަވަހަށް އޭނާ އާއި ކާޖޮލް އެކުގައި ފެނިގެންދާނީ ކުރިއަށް ހަތަރު ވަރަކަށް އަހަރު ފަހުން ކަމަށް ބުނެފަ އެވެ.
"ފާއިތުވި 25 އަހަރުގެ ތެރޭގައި ވެސް އަހަންނާއި ޝާހްރުކް އެކުގައި ފިލްމު ކުޅެމުން އައީ ކޮންމެ އަހަރަކުން ފިލްމެއް. އެހެންވީ އަހަރުމެންގެ ފިލްމެއް ދެން ވެސް ފެންނަން އަދި ހަތަރު ވަރަަކަށް އަހަރު ފަހުން،" ކާޖޮލް ބުނެފައިވެ އެވެ.
އެތަކެއް އަހަރުތަކެއްގެ ބްރޭކަކަށްފަހު ޝާހްރުކާއި ކާޖޮލް ފިލްމުތަކުން ފެނުނު ނަމަވެސް މިދެތަރިންގެ ޖޯޑަކީ ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލު ޖޯޑެވެ. ފިލްމަކުން އެ ދެތަރިން ފެންނާނެ އިރަކަށް އަބަދުވެސް ބެލުންތެރިން އިންތިޒާރުކުރެ އެވެ.
"ދިލްވާލޭ" ގެ ކުރިން ޝާހްރުކާއި ކާޖޮލް އެންމެފަހުން ފެނިގެން ގޮސްފައިވަނީ 2010 ވަނަ އަހަރު އަހަރު ނިކުތް "މައި ނޭމް އިޒް ޚާން" އިންނެވެ.