ހަބަރު

ޓޫރިސްޓުންނާއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް ގޮސްފި

ފަތުރުވެރިންނާއެކު ދަތުރުކުރި ލޯންޗެއް ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓް ކައިރިން އަޑިއަށް ގޮސްފި އެވެ.

އެމްއެމްޑީއެފުން ބުނީ އަށް މީހުންނާއެކު ދަތުރުކުރި ލޯންޗެއް ރީތިރަށް ރިސޯޓް ކައިރި އަށް އަޑިއަށް ގޮސްގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 3:57 އެހާއިރު ކަމަށެވެ. އަދި އެ ސަރަހައްދުގައި ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. އެހެން ނަމަވެސް އެއްވެސް ޓޫރިސްޓަކަށް ގެއްލުމެއް ނުވެ އެވެ.

ވިއްސާރަވެ މޫސުން ގޯސް ވުމުގެ ސަބަބުން އިއްޔެ ވެސް ކަނޑުމަތީގެ ބައެއް ނުރައްކާތެރި ހާދިސާތައް ހިނގި އެވެ. އަދި އިއްޔެ ވެސް ވަނީ ލޯންޗެއް ދިޔަވެ އަޑިއަށް ގޮސްފަ އެވެ. އަަދި ޑިންގީއެއްގައި ނުކުމެ އުޅުނު މީހަކު ގެއްލިގެން ސިފައިން ވަނީ އެ މީހާ ވެސް ހޯދައިފަ އެވެ.

މޫސުން ގޯސްވެފައިވާތީ ކަނޑު ދަތުރު ކުރުމުގައި ސަމާލުވާން ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފަ އެވެ.