ކުޅިވަރު

އަންނަ ސީޒަންގައި، "މޮރީނިއޯއަށް ވީހެން" ވެގެން ނުވާނެ: ކޮންޓޭ

Jul 30, 2017

އަންނަ ސީޒަންގައި، ޗެލްސީއަށް، އެ ޓީމުގެ ކުރީގެ ކޯޗް ހޯސޭ "މޮރީނިއޯއަށް ވީހެން" ވެގެން ނުވާނެކަމަށް ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ. ކޮންޓޭ އެ އިޝާރާތް ކުރީ، މޮރީނިއޯ އާއެކު ދެހާސް ފަނަރަ ވަނަ އަހަރު، ޕްރިމިއާ ލީގް ހޯދުމަށް ފަހު، ޖެހިގެން އައި ސީޒަންގައި، ތާވަލުގެ 10 ވަނައިގައި ލީގް ނިންމާލުމުން ނެވެ.

އެ ސީޒަންގައި މޮރީނިއޯ އާ އެކު ނާކާމިޔާބު ކުރިމަތި ވުމުން އޭނާ ކޯޗް ކަމުން ދުރު ކުރި އެވެ. ކޮންޓޭގެ ޓާގެޓަކީ އަންނަ ސީޒަންގައިވެސް ތަށި ދިފާއު ކުރުމެވެ. ޕްރިމިއާ ލީގް ޖެހިޖެހިގެން، އެންމެ ފަހުން ހޯދާފައި ވަނީ މެންޗެސްޓާ ޔުނައިޓަޑެވެ. އެ ޓީމުން ވަނީ 2008 ގެ ލީގް ޗެމްޕިއަންކަން ހޯދުމަށްފަހު 2009 ގައިވެސް ޗެމްޕިއަން ކަން ހޯދާފަ އެވެ. އަދި ޖެހިގެން އައި 2010 ގައި ވެސް ޗެމްޕިއަން ކަން ހޯދައި ހެޓްރިކް ހެދި އެވެ.

"ދެ އަހަރު ކުރިން ޗެލްސީން ލީގް ނިންމާލީ 10 ވަނައިގައި އޮވެގެން ދެން އަލުން އެހެން ވެގެނެއް ނުވާނެ އަހަރެމެންނަށް އެނގޭ މިކަމުގެ އުނދަގޫ ކަން ހަމަ ހަގީގަތުގައިވެސް އަހަރެމެން މޮރީނިއޯގެ ސީޒަނުން ސަލާމަތް ވާން ޗެލްސީ ބޭނުން،" ޗެލްސީގެ ހަޔަތުގައި ފެނުނު އެންމެ ކާމިޔަބު ކޯޗް މޮރީނިއޯ އަށް ނިސްބަތްކޮށް ކޮންޓޭ ބުންޏެވެ.

"މީގެ ކުރީގެ ދެ ޗެމްޕިއަނުން [ޗެލްސީ އަދި ލެސްޓާ ސިޓީ] ގެ ކޯޗުން ޖެހިގެން އައި ސީޒަންގައި، އެ ދެ ކޯޗުންގެ ވަޒީފާ ގެއްލުނީ، އަހަރެެން މި މަސައްކަތް ކުރަނީ އެކަން ނުވާނެ ގޮތަކަށް ހައްލެއް ހޯދަން، (އެގޮތުން] އަހަރެމެންގެ އެބަތިބި ވަރަށް ގިނަ ޒުވާން ކުޅުންތެރިން، އެކުޅުންތެރިން ތަރައްގީ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް."

ޗެލްސީން ދަނީ އެ ޓީމުގެ ޕްރީ ސީޒަން ޓްއާ އޭޝިއާގައި ކުރިއަށް ގެންދަމުން ނެވެ. ޓްރާންސްފާ ޕީރިއަޑްގައި އެ ޓީމުން ވަނީ ހަތަރު ކުޅުންތެރިޔަކު، މިހާތަނަށް ސޮއި ކުރުވާފަ އެވެ.