ބޮލީވުޑް

ސާނިޔާ ދެން ކުޅޭނީ "މަންމަރްޒިޔާން"

Aug 2, 2017

މިދިޔަ އަހަރުގެ ޑިސެމްބަރުގައި ނިކުތް ބްލޮކްބާސްޓާ ފިލްމު "ދަންގާލް" ގައި ބަބީތާ ޕޮގަތްގެ ރޯލު ކުޅެގެން ބޮލީވުޑަށް ނިކުތް ސާނިޔާ މަލްހޯތުރާ ދެވަނަ ފިލްމެއް ކުޅެން ސޮއިކޮށްފި އެވެ.

އަނޫރާގް ކަޝްޔަޕް ޑައިރެކްޓްކުރާ "މަންމަރްޒިޔާ" ކިޔާ ފިލްމު ކުޅެން ސާނިޔާ ސޮއިކޮށްފައިވާއިރު، އެ ފިލްމުގައި އޭނާ އާއެކު ބަތަލެއްގެ ރޯލުން ފެނިގެންދާނީ މުޅިން އަލަށް ފިލްމީ ދާއިރާ އަށް ނިކުންނަ ޖެސީ ގިލް އެވެ.

އާނަންދް އެލް ރާއި ޕްރޮޑިއުސްކުރާ މި ފިލްމު އިއުލާންކޮށްފައި އޮންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ކުރިން މި ފިލްމުގެ ލީޑްރޯލު ކުޅެން "ދަމްލަގާކޭ ހައިޝާ" ގެ ތަރިން ކަމަށްވާ އާޔުޝްމާން ކުރާނާ އާއި ބުމީ ޕެޑްނޭރްކަރް އެވެ. މިދެތަރިންނާއެކު ފިލްމުގެ ބައެއް މަންޒަރުތައް ނެގި ފަހުން ފިލްމުގެ މަސައްކަތް ވަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަޑުޖައްސާލާފަ އެވެ. އޭގެ ދުވަސްތަކެއް ފަހުން އާޔުޝްމާން އާއި ބޫމީ ވަނީ ފިލްމު ދޫކޮށްލާފަ އެވެ.

އާ ތަރިންތަކަކާ އެކު މި ފިލްމުގެ ޝޫޓިން ޑިސެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާއިރު ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ އުތުރު އިންޑިއާގަ އެވެ.

އެންމެ ފުރަތަމަ މި ފިލްމުގެ މަންޒަރުތައް ޑައިރެކްޓްކޮށްފައިވަނީ ސަމީރް ޝަރްމާ އެވެ. ނަމަވެސް ޕްރޮޑިއުސަރު އަނަންދް އާ ފިލްމުގެ ޑައިރެކްޝަނާ ގުޅިގެން ހިޔާލު ތަފާތުވުމުގެ ސަބަބުން އޭނާ ވަނީ މިފިލްމު ދޫކޮށްލާފަ އެވެ. ދެން މި ފިލްމު ޑައިރެކްޓްކުރަން ހަވާލުކުރީ އަޝްވިނީ އައްޔަރު ތިވާރީއާ އެވެ. އެހެންނަމަވެސް އެންމެ ފަހުން މި ފިލްމު މިވަނީ އަނޫރާގަށް ދީފަ އެވެ.