ކުޅިވަރު

ނޭމާގެ ޓްރާންސްފާ ފީ ދައްކައިފި: ބާސާ

ބްރެޒިލްގެ ތަރި ނޭމާ ގެ ޓްރާންސްފާ ފީ ދައްކާފައިވާ ކަމަށް ބާސެލޯނާއިން ކަށަވަރު ކޮށްދީފި އެވެ.

މިކަން ޔަގީންކޮދެމުން ބާސާއިން ނެރުނު ނޫސް ބަޔާނެއްގައި އެ ކްލަބުން ބުނެފައި ވަނީ ޓްރާންސްފާ ފީގެ ގޮތުގައި ދައްކަން ޖެހޭ 222 މިލިއަން ޔޫރޯ ނޭމާގެ ލޯޔަރުން އެ ކްލަބުގެ އޮފީހަށް އައިސް ދައްކާފައި ވާކަމަށެވެ. އަދި އެ ކްލަބުން ބުނީ ޓްރާންސްފައިގެ ތަފްސީލުތައް ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ ޔޫއެފްއާއަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

"މި ޓްރާންސްފާގެ ސަބަބުން ކުރިމަތިވާ އެއްވެސް މައްސަލައެއްގެ ޒިންމާ މި ކްލަބަކުން ނުނަގާނެ. އެކަން ބަލާނީ ޔޫއެފްއާއިން،" ބާސާގެ ނޫސް ބަޔާނުގައިވެ އެވެ.

ސްޕެއިންގެ ލީގު ލަލީގާގެ އޮފިޝަލުން މިއަދު ބުނީ ޔުއެފްއާގެ ފައިނެންޝްއަލް ފެއާ ޕްލޭ ގަވާއިދާ ހިލާފު ވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ނޭމާގެ ޓްރާންސްފާ އަދި ގަބޫލު ނުކުރާކަމަށާއި އެ މުއާމަލާތުގެ މައްސަލަ ޔޫއެފްއާއަށް ހުށަހަޅަނެ ކަމަށެވެ.

ފައިނެންޝިއަލް ފެއާ ޕްލޭ ގަވާއިދަކީ 2011-2012 ވަނަ އަހަރުގެ ސިޒަނުން ފެށިގެން ކުރިޔަށް ގެންދާ ގަވާއިދެކެވެ. މިގަވާއިދު ބުނާ ގޮތުން ޔޫރަޕުގެ ޓީމަކަށް ޓްރާންސްފާގައި ހަރަދު ކުރެވޭނީ އެޓީމަކަށް އަހަރަކު ލިބޭ އާމްދަނީ އަށްވުރެ އިތުރަށް 30 މިލިއަން ޔޫރޯ އެވެ.

ސްޕެއިންގެ ފުޓްބޯޅަ ލީގް ލަލީގާގެ ގަވާއިދު އޮންނަ ގޮތުން، ކުޅުންތެރިއަކު ޓީމް ބަދަލު ކުރާނަމަ، އެ ކުޅުންތެރިޔަކު ޖެހޭނީ ޓްރާސްފާއަށް ދައްކަން ޖެހޭ ފައިސާ ލަލީގާއަށް ދައްކާށެވެ. އަދި ޓްރާންސްފާ ނިމުމުން އެ ފައިސާ ކުޅުންތެރިޔާގެ ކުރީގެ ޓީމަށް ދައްކާނީ ލަލީގާއިން އެވެ. ބީބީސީ ސްޕޯޓްސްއަށް ލަލީގާގެ އޮފިޝަލުން ވިދާޅުވެފައި ވަނީ، ޓްރާސްފާގެ ފައިސާ ދެއްކުމަށް ނޭމާގެ ލޯޔަރުން ލަލީގާއަށް އައި ކަމަށާއި ނަމަވެސް ލީގުން އެ ފައިސާ ބަލައިގެންފައި ނުވާ ކަމަށެވެ. ނަމަވެސް މީހާރު ޕީއެސްޖީއިން މިވަނީ މި ފައިސާ ބާސާއަށް ދައްކާފަ އެވެ. މިގޮތަށް މިމުއާމަލާތު ހިންގާފައި ވާތީ ނޭމާގެ ޓްރާންސްފާގެ މައްސަލަ ހޫނުވެދާނެ ކަމަށް ބެލެވެ އެވެ.

ބާސާގެ ސަޕޯތަރުން މާޔޫސް ކޮލުމަށްފަހު ނޭމާ ޕީއެސްޖީއަށް މިދަނީ ރެކޯޑް ފީއަކަށެވެ.