ބޮލީވުޑް

އެސްޓްރޮނޯޓް ފިލްމުގެ ބަތަލާގެ ރޭހުގެ ކުރީގައި ޝްރަދާ

Aug 8, 2017

ޒުވާން އެކްޓަރު ސުޝާންތް ސިންގް ކުޅެން ތައްޔާރުވަމުން އަންނަ ފިލްމު، "ޗަންދާ މަމާ ދޫރް ކޭ" ގައި ބަތަލާގެ ރޯލު ކުޅޭނެ ތަރިއަކު ހޯދަމުން އަންނަތާ ވަރަށް ދުވަސްވެއްޖެ އެވެ.

"ޑަންގާލް" އިން ބޮލީވުޑަށް ނިކުތް ބަތަލާ ފާތިމާ ސަނާ ޝައިހް އާއި

މި ދެތަރިންނަށްފަހު މި ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނެ ކަމަށް ދެން އެންމެ ގަދަޔަށް ވާހަކަ ދެކެވުނު ތަރިންނަކީ ސުޝާންތް އާއި ލޯބީގެ ގޮތުން ގުޅުން އޮންނަ ކަމަށް އަޑުއަރާފައި އޮންނަ ބަތަލާ ކްރީތީ ސަނޮން އެވެ.

ނަމަވެސް ކްރީތީގެ ބަދަލުގައި މި ފިލްމުގެ ބަތަލާގެ ރޯލު ކުޅެން ހަމަޖެއްސުން އެންމެ ގާތް ތަރިއަކީ "އާޝިގީ 2" ގެ ބަަލާ ޝްރަދާ ކަޕޫރެވެ.

ސުޝާންތް އާއެކު އެސްޓްރޮނޯޓުންގެ ރޯލުން ނަވާޒުއްދީން ސިއްދީގީ އާއި އާރް މާދަަވަން ވެސް ފެނިގެންދާ މި ފިލްމުގައި ބަތަލުންނެކޭ އެއްގޮތަށް ބަތަލާ ވެސް ކުޅެން ޖެހޭ ރޯލަކީ ފިޒިކަލީ ވަރަށް ޗެލެންޖިން ރޯލެކެވެ.

އެގޮތުން ބަތަލާ އަކީ ވެސް އެސްޓްރޮނޯޓަކަށް ވާއިރު އެ ތަރިއަކު މި ފިލްމަށް އިސްތަށިިގަނޑު ވަރަށް ކުރުކޮށް ކޮށާލަން ޖެހެ އެވެ. ފިލްމަށް ތައްޔާރުވުމުގެ ގޮތުން ގިނަ ޓްރެއިނިން ތަކެއް ވެސް ހަދަން ޖެހޭ އިރު، އެ ރޯލަށް ވާދަކުރާ ބަތަލާއިންގެ ތެރެއިން ލިބުން އެންމެ ގާތީ ޝްރަދާ އެވެ.

އަދި ޝްރަދާ މި ފިލްމުގެ ބަތަލާގެ ރޯލަށް ހަމަޖައްސާނަމަ އޭނާ ވަރަށް އަވަހަށް ސުޝާންތް އާއި ނަވާޒުއްދީން އަދި މާދަވަން އާއެކު ފިލްމުގެ ތަމްރީނު ތަކުގައި ބައިވެރިވާން ފަށާނެ އެވެ.

ސަބަބަކީ ޝްރަދާގެ ދެން އެންމެ އަވަހަށް ރިލީޒްވާ ފިލްމު "ހަސީނާ" ގެ ނެރެފައިވާ ޓްރެއިލާގައި އޭނާ ވަނީ އޭނާ އަކީ ރިސްކް ނަގަން ފަސްނުޖެހޭނެ ތަރި އެއް ކަން ސާބިތުކޮށްދީފަ އެވެ. އެހެންކަމުން މި ފިލްމު ހުށަހަޅާފައިވާ ތަރިންގެ ތެރެއިން މި ފިލްމު ކުޅޭނެ ލީޑް ބަތަަލާ ކަމަށް ނިންމާނީ ޝްރަދާ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

މި އަހަރުގެ ފަހުކޮޅު ޝޫޓިން ފަށާ މި ފިލްމަށް ސުޝާންތް އަންނަނީ ނާސާގައި ހާއްސަ ތަމްރީނުތަކެއް ނަގަމުންނެވެ.

މި ފިލްމުގައި ސުޝާންތާ އެކު ޝްރަދާ ފެނިގެންދާނަމަ މިއީ މި ދެތަރިން އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.

ސަންޖޭ ޕުރަން ސިންގް ހިޔާލީ ވާހަކައެއްގެ މައްޗަށް ލިޔެ ޑައިރެކްޓްކުރާ މި ފިލްމަކީ ހާއްސަ މިޝަނެއްގައި އިންޑިއާއިން ހަނދަށް ފޮނުވާލާ އެސްޓްރޮނޯޓް ޓީމެއްގެ ވާހަކަ ފެނިގެންދާނެ ފިލްމެކެވެ. އަންނަ އަހަރުގެ ޖުމްހޫރީ ދުވަހު ރިލީޒްކުރާ ގޮތަށް ނިންމާފައިވާ މި ފިލްމަކީ ބޮލީވުޑްގައި ފުރަތަމަ އުފައްދާ ސްޕޭސް އެޑްވެންޗާ ފިލްމެވެ.