ވިޔަފާރި

އެފްއެޗްއޭއެމްގައި އީވޯ: ޓޫރިޒަމް ބަދިގެތަކަށް އާ ކުލައެއް!

ޓޫރިޒަމް ދާއިރާގައި ބޭނުންކުރާ އުފެއްދުންތަކުން ރާއްޖޭގެ މާކެޓު ވެސް މި އޮތީ "ފްލަޑް" ވެފަ އެވެ. ހާއްސަކޮށް ޓޫރިޒަމް ދާއިރާގެ ފުޑް އެންޑް ބެވަރޭޖަސް (އެފްއެންބީ) ގައި ބޭނުންކުރާ ސާމާނުގެ ހާއްސަ އުފެއްދުންތަށް ގިނަ އެވެ. ނަމަވެސް އީވޯ ހޯމް މިކަމުގައި އުޅެނީ މާކުރީގަ އޭ ބުނެވިދާނެ އެވެ. އެކަން އެނގެނީ މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ފެއާ އިންނެވެ. މި ފެއާގައި އެ ކުންފުނިން ބައިވެރިވެފައިވަނީ ޓޫރިޒަމް ދާއިރާ އަށް ބޭނުންވާނެ އެފްއެންބީގެ އުފެއްދުންތަކާއެކުގަ އެވެ. ހާއްސަކޮށް މި ދާއިރާގެ ބަދިގެ ތަކަށް ބޭނުންވާ ހުރިހާ ރޭންޖެއް ހިމެނެ އެވެ.

"ލޯކަލް މާކެޓުގެ ޕްރޮޑަކްޓްތަށް ވެސް އީވޯގައި ހުންނާނެ. އެކަމަކު ހޮސްޕިޓާލިޓީ ފެއާއެއްވީމަ މިފަހަރު މި ހުރީ އެ ކަހަލަ ޕްރޮޑަކްޓްތަށް،" ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމްގައި ހުރި އީވޯ ހޯމްގެ ސްޓޯލުން ވާހަކަ ދެއްކި އޮފިޝަލަކު ބުންޏެވެ.

އީވޯ ހޯމްގެ ސްޓޯލަށް ނަޒަރު ހިންގާލާއިރު ދުނިޔޭގައި ހަތަރު ބިތުގައި މަގުބޫލު އެތަށް އުފެއްދުމެއް ހިމެނެ އެވެ. މި ފެއާގައި އެ ކުންފުނީގެ ސްޓޯލުން ޓޫރިޒަމް ދާއިރާގެ "އެފްއެންބީ" ސާމާނުގެ އިތުރުން "ލިނެން" ސާމާނު ވެސް ހިމެނެ އެވެ.

އީވޯ ހޯމް ސްޓޯލުން ލިބެން ހުރި ބްރޭންޑުތަކުގެ ތެރޭގައި ހިމެނޭ އެއް ބްރޭންޑަކީ "ލިއެނާޑޯ" އެވެ. މި ބްރޭންޑުގެ ދަށުން ހިމެނޭ އުފެއްދުންތަކުގެ ތެރޭގައި ހޮޓާތަކުގެ ކޮޓަރި އާއި ބަދިގެ ޒީނަތްތެރި ކުރުމަށް ބޭނުންވާ ސާމާނާއި ބަދިގެ ފަދަ ތަންތަނަށް ބޭނުންވާ އުފެއްދުންތައް ހިމެނެ އެވެ.

މީގެ އިތުރުން ހިމެނޭ އަނެއް ބްރޭންޑަކީ ޖަރުމަނުވިލާރުގެ "އޭއެސްއޭ ކަލެކްޝަން" އެވެ. ރާއްޖޭގެ ރިސޯޓު/ ހޮޓާ އަދި އުފެއްދި ފައްކާވަމުން އަންނަ ގެސްޓްހައުސް މާކެޓަށް ވެސް މި އުފެއްދުންތަކުގެ ބޭނުންތެރިކަން ބޮޑެވެ. މި ބްރޭންޑުގެ ސާމާނު ދުނިޔޭގެ 80 ގައުމެއްގެ ބާޒާރުތަކުގައި ދައުރުވަމުންދާއިރު، އެންމެ ޒަމާނީ، އަދި އެންމެ މަޝްހޫރު ފަރުމާތަކުގެ ބޯތަޓާއި ތަށި އަދި ޖޯޑުގެ އިތުރުން ސެރެމިކް ތަބަށް ފަދަ ސާމާނު ވެސް މީގައި ހިމެނެ އެވެ. މީގެ އިތުރުން "މީލްބްލެކް" ބްރޭންޑުގެ ސާމާނު ވެސް ހިމެނެ އެވެ.

އީވޯ ސްޓޯލުން މިވަރުން ހިމުނީ އެއް ނޫނެވެ. މި ސްޓޯލުގައި ޓޫރިޒަމް ދާއިރާގެ ފާހާތަކަށް ބޭނުންވާނެ ސާމާނާ ވެސް އެބަހުއްޓެވެ. މީގެ ތެރޭގައިވެސް ދުނިޔޭގެ އެންމެ ހިތްގައިމު ބްރޭންޑުތަށް ހުރުމަކީ މި ތަނަށްދާން ޖެހޭ ސަބަބެކެވެ.