ކުޅިވަރު

ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް އާރްއެލްސީ އަށް

Aug 16, 2017

ފައިނަލުގައި، ކުލަބު މެޓްރިކްސްގެ މައްޗަށް ކާމިޔާބު ހޯދައި، ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން، ރެޑްލައިން ކުލަބު (އާރްއެލްސީ) ހޯދައިފި އެވެ.

ސޯޝަލް ސެންޓަރު އިންޑޯކޯޓްގައި ރޭ ކުޅުނު، މެޗު، އާރްއެލްސީ ކާމިޔާބު ކުރީ، 18 ޕޮއިންޓްގެ ތަފާތަކުން ނެވެ. އާރްއެލްސީން 54 ޕޮއިންޓް ހޯދިއިރު، މެޓްރިކްސްއަށް ހޯދުނީ 36 ޕޮއިންޓެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، އާރްއެލްސީގެ އާމިނަތު ރީމް ޝާމް އެވެ.

މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިން:

1. ރާޝިދާ މޫސާ (ކުލަބު މެޓްރިކްސް)
2. އަނާން އަލީ ރަޝީދު (އާރްއެލްސީ)
3. އީމާ އަބްދުއްސައްތާރު (އާރްއެލްސީ)
4. އާމިނަތު ރީމް ޝާމް (އާރްއެލްސީ)
5. އައިޝަތު ނައުރާ (ކުލަބު މެޓްރިކްސް)
6. ވިސާހް މުހައްމަދު (ފެންފުށީ ޒުވާނުންގެ ދިރުން)
7. އައިޝަތު ލޫނާ މޫސާ (އާރްއެލްސީ)

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެމްޕިއަން އާރްއެލްސީގެ ކޯޗް އާމިނަތު ޔަލީމް އެވެ.