މާލޭގެ ދެ މިސްކިތެއް ތަޅާލާ އަލުން އެ ދެ ތަނުގައި އާ މިސްކިތްތަކެއް އެޅުމުގެ މަސައްކަތް ފަށައިފި އެެވެ. ތަޅާލާފައިވަނީ ޖަސްޓިސް ބިލްޑިންގުގެ ކައިރީގައި ހުންނަ ޒިޔާރަތް މިސްކިތާއި އަލިވާގެ ކައިރި ހުންނަ ފައިފުހޭ މިސްކިތެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ ދެ މިސްކިތުގެ މަސައްކަތް ވަރަށް އަވަހަށް ފަށަން ތައްޔާރުވަމުން އަންނަ ކަމަށާއި މިސްކިތުގެ ކުރެހުންވެސް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށެވެ.
ޒިޔާރަތް މިސްކިތާއި، ފައިފުހޭ މިސްކިތަކީ ވަރަށް ޒަމާންވީ ދެ މިސްތެކެވެ. އަދި އެ ދެ މިސްކިތަކީ ޖާގައިގެ ގޮތުން މާ ތަނަވަސް ދެ މިސްކިތެއް ނޫނެވެ. އަދި އެއީ ހިިރިގަލުން ހަދާފައިވާ މިސްކިތްތަކެކެވެ. އެ މިސްކިތްތަކަކީ ތާރީހީ މިސްކިތްތަކެއް ކަމަށްވުމުން އެ ތަންތަން ތާޅާލާތީ ބައެއް ފަރާތްތަކުން އަންނަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުން އެވެ.
ސަރުކާރުން މިހާރުވެސް ދަނީ ގިނަ ރަށްރަށުގައި މިސްކިތްތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ. އަދި މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ. އަދި މީގެ އިތުރުން ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވަނީ ރާއްޖޭގެ 10 ރަށެއްގައި މިސްކިތް އިމާރާތް ކުރަން ނިންމާފަ އެވެ.