ބޮލީވުޑް

ރިތިކް އާއި ކެޓްރީނާގެ އިތުރު ފިލްމެއް

Aug 20, 2017

ބަތަލާ ކެޓްރީނާ ކައިފަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ބިޒީ އެއް ތަރި އެވެ. މަޝްހޫރު ތިން ޚާނުންނާ އެކު އޭނާ އަންނަނީ ތިން ބޮޑު ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.

"ބޭންގް ބޭންގް" އާއި "ޒިންދަގީ ނާ މިލޭގީ ދޮބާރާ" އިން އެކުގައި ފެނިގެންދިޔަ ދެތަރިން ކަމަށްވާ ރިތިކް ރޯޝަން އާއި ކެޓްރީނާ ކައިފް އެ ފިލްމުތަކުގައި ދައްކާލި ފުރިހަމަ ކެމިސްޓްރީގެ ސަބަބުން ބެލުންތެރިން އައީ މި ދެތަރިންގެ އިތުރު ފިލްމަކަށް އިންތިޒާރުކުރަމުންނެވެ.

ރިތިކް ދެން އެންމެ އަވަހަށް ކުޅެން ފަށާ ފިލްމު "ސުޕާ 30" ގައި އޭނާ އާއެކު ބަތަލާގެ ރޯލުން ކެޓްރީނާ ފެނިގެން ދިއުމަކީ ވަރަށް ގާތްކަމެކެވެ.

މެތަމެޓިކްސް ޕްރޮފެސާ އާނަންދް ކުމާރުގެ ހަޔާތުގެ މައްޗަށް އުފައްދާ މި ފިލްމުގައި ކެޓްރީނާ ފެނިގެންދާނެ ކަމުގެ ވާހަކަތައް ދެކެވެން ފަށާފައިވަނީ އާނަންދް ކެޓްރީނާއާ ބައްދަލުކުރުމަށްފަހު ފޮޓޯތަކެއް އޭނާގެ ފޭސްބުކް އެކައުންޓްގައި އާންމުކުރުމުންނެވެ.

އާނަންދް ވަނީ ބަތަލާ ކެޓްރީނާ އާއެކު ކުރިއަށް ދިޔަ ދިގު ބައްދަލުވުމުގައި އެކި ކަހަލަ ވާހަކަތައް ހިއްސާކުރި ކަމަށް ބުނެފަ އެވެ.

ބައެއް ފަރާތްތަކުން މި ފިލްމު ކުޅެން ރިތިކް ސޮއިކޮށްފައިވާ ކަމަށް ބުނަމުން އައި ނަމަވެސް އާނަންދް ވަނީ އޭނާ މުމްބައި އަށް ކުރި ދަތުރުގައި އެ ފިލްމާ ބެހޭގޮތުން އަކްޝޭ ކުމާރާ ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ބުނެފަ އެވެ.

"ރިތިކް އާއި އަހަންނާ މާބޮޑު ވައްތަރު ގޮތެއް ނެތަސް އަހަރެންގެ ރޯލު އޭނާ އަށް ވުރެން މޮޅަށް ކުޅެވޭނެ އެހެން ތަރިއެއް ނެތް،" އާނަންދް ބުނެފައިވެ އެވެ.

ވިކާސް ބަލް ޑައިރެކްޓްކުރާ މި ފިލްމަކީ އިންޑިއާގެ ޕަޓްނާ އަށް ނިސްބަތްވާ މެތަމެޓިކްސް ޕްރޮފެސަރެެކެވެ. މި ފިލްމުގައި ފެނިގެންދާނީ މެތަމެޓިކްސް ޓީޗަރެއްގެ މަސައްކަތް ކުރަމުން އައި އަނަންދް ވަނީ އައިޓީ ދާއިރާއިން ކުރިއަށްދާން ޝައުގުވެރިވާ ކުދިންގެ ތެރެއިން މާލީ ހާލަތު ތަން ނުދޭތީ ނުކިޔެ ތިބި ކުދިންނަށް އޭނާ އުފެއްދި ޕްރޮގްރާމެކެވެ.

ޕަޓްނާގައި އޭނާ ފެށި މި ޕްރޮގްރާމް މެދުވެރިކޮށް އަނަންދް ކޮންމެ އަހަރަކު އިގްތިސާދީ ދާއިރާއިން ކިޔަވަން ބޭނުންވެ، އެކަމަކު ނަތީޖާ ދަށް ތިރީސް ކުއްޖަކު ހޮވައި އޭނާ އާއި އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ގުޅިގެން ދޭ އިމްތިހާނަކަށް އެ ކުދިން ތައްޔާރުކުރެ އެވެ.