އިޔާދަ ކުރުވަނިވި ހަކަތަ އުފެއްދުމުގެ ކޮންސެޕްޓަކީ ވަރަށް ރަނގަޅު ކޮންސެޕްޓެއް ކަމަށާއި ނަމަވެސް މިހާރު މަސައްކަތް ކުރަމުންދާ ގޮތަށް އިޔާދަ ކުރުވަނިވި ހަކަތަ އުފެއްދުމުގެ މަސައްކަތް ކުރާނަމަ ކާމިޔާބު ނުވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް އަލަށް ވަޑައިގެންނެވި އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ ޒިންމާ ޕްރޮގްރާމުގައި ޒުހޫރު ވިދާޅުވީ އިޔާދަ ކުރުވަނިވި ހަކަތަ އުފެއްދުމުގެ ކޮންސެޕްޓަކީ ވަރަށް ރަނގަޅު ކޮންސެޕްޓެއް ކަމަށާއި އޭގެ ފަައިދާ އަސްލު ކުރާނީ މާސް ސްކޭލެއްގައި އިޔާދަ ކުރުވަނިވި ހަކަތާގައި ފައިދާ ލިބޭ ކަމުގަައިވާ ނަމައެވެ. އަދި އޭގެ ތިއަރޓިކަލީ ލޯޑް ކުޑަވެއްޖިއްޔާމު ފިއުލް ޕަސަންޓޭޖެއް ސޭވް ވެދާނެ ކަމަށާއި މީ ތިއޮރެޓިކަލް ކޮންސެޕްޓެއް މިހާރު މި ކުރެވޭ ގޮތަށް މަސައްކަތް ކުރާނަމަ ކާމިޔާބެއް ނުވާނެ ކަމަށް ޒުހޫރު ވިދާޅުވި އެވެ.
ޒުހޫރު ވިދާޅުވީ މާލޭ ރީޖަންގައި ރިނިއުބަލް އެނާޖީގެ ސަބަބުން ވަނީ ގެއްލުން ކަމަށާއި މާލޭ އޭރިޔާގައި މާސް ސްކޭލެއްގައި ސޯލާ އެނާޖީ ބޭނުން ކުރެވެން ޖެހޭކަމަށާއި މަދުވެގެން މާލޭ އޭރިޔާގައި 12 މެގަ ވޯޓްސްގެ އެނާޖީ ބޭނުންވާ ކަމަށެވެ. ނަމަވެސް ރިިއުބަލް އެނާޖީގެ ފައިދާ ރާއްޖޭގެ އެހެން ރަށްތަކަށް ކުރަމުންދާ ކަމަށާއި އެއީ އެ ރަށްތަކުގައި ޖަނަރޭޓިން ޕަވާ ކުޑަވުމުން ކަމަށް ޒުހޫރު ވިދާޅުވި އެވެ.
"މިއަދު ހިންގަމުންދާ ޖަނަރޭޓަރު ތަކުގެ ކެޕޭސިޓީ މިއުޅެނީ 9 މެގަވޯޓްސް. އެހެން ކަމުން 9 މެގަ ވޯޓްސް ހިންގަން ޖެހޭ ޖަނަރޭޓަރެއްގެ ފީޑާ އެއް މެގަވޯޓްގެ ރިނިއުބަލް އެނާޖީ ފީޑް ކުރިއޭ ކިޔާފަކާ އެ ނައިން މެގަވޯޓްގެ ތެރެއަށް އަންނާނެ މާބޮޑު އެފެކްޓެއް ނޯންނާނެ، ސޭވް ވާ މާ ބޮޑު އެއްޗެއްވެސް ނީންނާނެ، އޭގެ ތިއަރޓިކަލީ ލޯޑް ކުޑަވެއްޖިއްޔާމު ފިއުލް ޕަސަންޓޭޖެއް ސޭވް ވެދާނޭ، މީ ތިއޮރެޓިކަލް ކޮންސެޕްޓެއް،" ޒުހޫރު ވިދާޅުވި އެވެ.
ޒުހޫރު ވިދާޅުވީ ސްޓެލްކޯގައި ރިނިއުބަލް އެނާޖީ އަށް ހަރަދުކުރެވޭނެ ފަައިސާ ހުރެ މާސް ސްކޭލެއްގައި މި ރީޖަންގައި ފަނަރަ މެގަ ވޯޓްސްގެ ރިނިއުބަލް އެނާޖީ އެއްފަހަރާ ޖަހާ ލެވިއްޖެނަމަ ފައިދާ ކުރާނެ ކަމަށެވެ. އަދި ރިނިއުބަލް އެނާޖީ އުފެއްދުމަށް ސްޕޭސް ބޭނުންވާ ކަމަށާއި ސްޕޭސް ލިމިޓެޑްވެފައި ބޭނުންވާ ސްކޭލެއް ނުލިބި އެއަށް ބޭނުންވާ އިންވެސްޓެއްވެސް ނުކުރެވޭނެ ކަމަށް ޒުުހޫރު ވިދާޅުވި އެވެ.
"ހުޅުމާލޭގައި ޓޫ މެގަ ވޯޓްސްގެ ގެ ސޯލާ އެނާޖީގެ ގްރިޑެއް އެބަ ބިލްޑް ކުރެވޭ އެކަމަކު އަންނަ އަހަރު އެ ނުވާނެ އެކައްޗަކަށްވެސް، ރިނިއުބަލް އެނާޖީއަށް އެބަ ބޭނުންވޭ ސްޕޭސް، އަޅުގަނޑުމެންގެ ސްޕޭސް ވަރަށް ލިމިޓެޑް، ބޭނުންވާ ސްކޭލެއް ނުވެސް ލިބޭނެ އެއަށް ބޭނުންވާ އިންވެސްޓެއްވެސް ނުކުރެވޭނެ، އެކަމަށް މިހާރުވެސް މި ހަރަދު ކުރަނީ އެނާޖީ މިނިސްޓްރީގެ ތެރެއިން" ޒުހޫރު ވިދާޅުވި އެވެ.