ކުޅިވަރު

"ރަން އިން އައްޑޫ"ގެ މައި ސްޕޮންސަރަކަށް ކޮކާކޯލާ

Aug 19, 2017

ޓޯޓަލް ފިޓްނަސް ގުރޫޕް (ޓީއެފްޖީ) ން މާލޭން ބޭރުގައި ބާއްވާ ފުރަތަމަ މެރެތޮން 'ރަން އިން އައްޑޫ' ގެ މެއިން ސްޕޮންސަރަކަށް ކޮކާލޯ ހަމަޖައްސައިފި އެވެ.

މިއަދު ވަނީ އައްޑޫ ރަންގެ ސްލޯގަން ލޯންޗް ކޯށްފަ އެވެ. މާލޭގައި މިއަދު ހެދުނު ބޭއްވި، ދުވުމާއެކު ލޯންޗު ކުރި ސްލޯގަން އަކީ އައްޑޫގެ ލިންކްރޯޑްގައި ހިނާގާ އެކްސިޑެންޓްތަކާ ގުޅިގެން، އެކަމުން ރައްކާތެރި ވުމަށް ފޯރު ކޮށްދޭ މެސެޖެކެވެ. ސްލޯގަން އަކީ 'ބްރޭކް ޔޯ ސްޕީޑް' މިއެވެ. މާނައަކީ ދުވެލި މަޑުކުރޭ އެވެ.

އައްޑޫ ރަން ލޯންޗު ކުރުމަށް، ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން، ޓީއެފްޖީ ސީއީއޯ ހުސައިން ޒިނާން ވިދާޅުވީ، 'ރަން އިން އައްޑޫގެ' އެއް މަގުސަދަކީވެސް، އައްޑޫގައި ހިނގަމުންދާ އެކްސިޑެންޓްތަކާ މެދު މީހުން ހޭލުންތެރި ކުރުން ކަމަށެވެ.

ކޮކާލޯއާ ގުޅިގެން، ވޭތުވެދިޔަ ތިން އަހަރުވެސް، ޓީއެފްޖީން އިން ވަނީ މާލޭ ސަރަހައްދުގައި މެރެތޮން ބާއްވާފަ އެވެ. މިދިޔަ އަހަރާއި މިއަހަރުވެސް އެ މެރެތޮން ބާއްވާފައި ވަނީ ހުޅުމާލޭގަ އެވެ. އިންޓަނޭޝަނަލް ފެންވަރަށް މި ރޭސްތައް ގެންދިއުމަށްފަހު، ޓީއެފްޖީގެ މިހާރުގެ އަމާޒު ހުރީ، ރާއްޖޭގެ އެންމެ ދެކުނު އައްޑޫ އަށެވެ.

އައްޑޫގެ ދުވުން ތަފާތު ގޮތަކަށް ގެންދިއުމަށްޓަކައި، ކުޑަކުދިންނަށް ހާއްސަކޮށް، ހަރަކާތްތަކެއް ހިންގުމަށް، ޓީއެފްޖީ ދަނީ ތައްޔާރު ވަމުން ނެވެ. އެ ހަރަކާތުގައި ކުޑަކުދިންގެ ދުވުމުގެ ކެޓަގަރިވެސް ވަނީ ހިމަނާފަ އެވެ.