ފިނިޕޭޖް

"ސާހޯ" ގައި ވިލަން އެއްގެ ރޯލުން ޖެކީ ޝްރޮފް

Aug 20, 2017

ތިން ބަހުރުވަޔަކުން އުފައްދާ ހައިޓެކް-އެކްޝަން ޑްރާމާ ފިލްމު، "ސާހޯ" ގެ ލީޑްރޯލުން ފެނިގެންދަނީ ސައުތްގެ މަޝްހޫރު އެކްޓަރު ޕްރަބާސް އާއި ބޮލީވުޑްގެ ޒުވާން ބަތަލާ ޝްރަދާ ކަޕޫރެވެ.

ވަރަށް އަވަހަށް ޝޫޓިން ފަށާ މި ފިލްމުގެ ނުބައިބައި ރޯލަކުން ފެނިގެންދާނީ މަޝްހޫރު އެކްޓަރު ޖެކީ ޝްރޮފް އެވެ. މި ފިލްމުގައި ނުބައިބައި ރޯލަކުން ފެނިގެންދާކަން ޔަގީންކޮށްދެމުން ޖެކީ ވަނީ ޕްރަބާސް ފަދަ ބޮޑު އެކްޓަރަކާ އެކު ފިލްމު ކުޅެން ފުރުސަތު ލިބުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ.

މިފަހަކަށް އައިސް ޖެކީ ގިނައިން ފެނިގެން ދަނީ ނުބައިބައި ރޯލުތަކުންނެވެ. އެ ފިލްމުތަކުގެ ތެރޭގައި "ހެޕީ ނިއު އިޔާ" އާއި "ބްރަދާސް" އާއި "ސަރްކާރް 3" ހިމެނެ އެވެ.

ޖެކީގެ އިތުރުން މުހިންމު ރޯލުތަކުން ބޮލީވުޑްގެ ދެ އެކްޓަރުން ކަމަށްވާ ނީލް ނިތިން މުކޭޝް އާއި ޗަންކީ ޕާންޑޭ ވެސް ފެނިގެންދާނެ އެވެ.

ޕްރަބާސް އާއެކު މި ފިލްމުގެ ބަތަލާގެ ރޯލުން ޝްރަދާ ފެނިގެންދާކަން ޔަގީންކޮށްދީފައިވާ އޭނަ އެވެ. ޝްރަދާގެ ކުރިން މި ރޯލު ވަނީ ބޮލީވުޑްގެ އެހެން ބައެއް އެހެން ތަރިންނަށް ވެސް ހުށަހަޅާފަ އެވެ. އެންމެފުރަތަމަ މި ފިލްމުގެ ބަތަލާގެ ރޯލު ދީފައިވަނީ ޕްރަބާސް އާއެކު "ބަހޫބަލީ" ސިލްސިލާގެ ދެ ފިލްމުން ވެސް ފެނިގެން ދިޔަ ބަތަލާ އަނުޝްކާ ޝެޓީ އެވެ. ނަމަވެސް އަނުޝްކާ މާ ބޮޑަށް ފަލަވުމުން މި ރޯލު ވަނީ ޝްރަދާ އަށް ހުށަަހަޅާފަ އެވެ.

ސަތޭކާ ފަންސާސް ކްރޯޑުގެ ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމުގެ މަންޒަރުތައް ނަގަނީ ހާއްސަކޮށް ތައްޔާރުކުރާ ސެޓެއްގަ އެވެ.