ހަބަރު

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރަނީ

ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދަަ އަރައި ފެންބޮޑުވެއްޖެ އެވެ. މެޓުން ބުނަނީ މިއަދާއި މާދަމާ ދެކުނާއި މެދުރާއްޖެ ތެރެއަށް އުދައެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މެޓް އޮފީހުން ބުނީ މެދު ރާއްޖެއާއި ދެކުނުގެ ރަށްތަކަށް އުދައަރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ދިޔަވަރު އެންމެ ބޮޑުވާ ގަޑިތަކުގައި އުދައެރުމުގެ ފުރުސަތު ބޮޑު ކަމަށާއި އެގޮތުން ދިޔަވަރު އެންމެ ބޮޑުވާނެ ކަމަށް ލަފާކުރެވެނީ މެދުރާއްޖޭގެ ރަށްތަކަށް މެންދުރުފަހު 1:09 ގައި އަދި އުތުރުގެ ރަށްތަކަށް މެންދުރުފަހު 1:48 ގައި ކަމަށް މެޓުން ބުންޏެވެ.

މެޓުން ބުނީ މާލެ އަތޮޅު ގުޅިއަށް އުދައަރައިގެން މައުލޫމާތު ދީފައިވާ ކަމަށާއި އަދި އެހެން ރަށްތަކަށްވެސް އުދައަރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އުދަ އަރާނެ ކަމުގެ ފުރުސަތު ބޮޑުކަމަށް މޮޑާލްސްތަކުން ދައްކާ ކަމަށާއި މިއަދާ މާދަމާގެ އެންމެ ދިޔަ ބޮޑުވާ ގަޑީގައި އުދައަރާނެ ކަމަށް މެޓުން ބުންޏެވެ.

"މެދު ރާއްޖެ ތެރެއަށާއި އުތުރުގެ ރަށްތަކަށް ކޮންމެސް ވަރަކަށް އުދަ އަރާކަމުގެ މައުލޫމާތު ލިބެމުން އެބަދޭ، މާދަމާގެ ނިޔަލަށް އުދަ އަރާނެ ކަމުގެ ޕޮސިބިލިޓީސް ވަރަށް ހައިކޮށް މޮޑާލްސްތަކުން އެބަ ދައްކާ، ރޭގަނޑު އަރާނެ ކަމަކަށް ނުއެއް ދައްކާ،" މެޓުން ބުންޏެވެ.

މެޓުން ވަނީ މެދުރާއްޖެ ތެރެއަށާއި އުތުރަށް އުދައަރާނެ ކަމުގެ ވައިޓް އެލާޓް ނެރެފަ އެވެ. އުދަ އަރާނެ ކަމަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު މިއަދު 2:45 އިން ހަވީރު 5:45 ގެ ނިޔަލަ ށެވެ.

މިއަދު މެންދުރުފަހު ވަނީ މާލޭގެ އާޓިފިޝިއަލް ބީޗް ސަރަހައްދަށް ވަރަށް ބޮޑަށް އުދަ އަރައި އެ ސަރަހައްދުގައި ފެން ބޮޑުވެފަ އެވެ.