ވިޔަފާރި

ޕާޓީތަކަށް ޕިއްޒާ ބޯނާގެ "ޕާޓީ ޕެކް" ވަރެއް ނެތް

ޕިއްޒާ ބޯނާ އިން 64 ޕިއްޒާ ފޮތި ހިމެނޭ "ޕިއްޒާ ޕާޓީ ޕެކް" ތައާރަފްކޮށް ވިއްކަން ފަށައިފި އެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ މެދުގައި މަގުބޫލްކަން ހޯދި ޕިއްޒާ ވިއްކާ، ޕިއްޒާ ބޯނާ އިން ބުނީ ކަސްޓަމަރުން ޕިއްޒާ ޕާޓީ ޕެކެއް ގަތުމުން އެއާ އެކު 64 ޕިއްޒާ ފޮއްޗާއި 2000 މިލި ލީޓަރުގެ ބޮޑު ކޯކު ފުޅިއެއް ލިބޭނެ ކަމަށެވެ. ކޮންމެ ޕެކްއެއްގައި ހަތަރު ފްލޭވާ ހިމެނޭ ކަމަށާއި ނަމަވެސް ކަސްޓަމަރުން ބޭނުން ނަމަ އިތުރު ފްލޭވާތައް ވެސް އެ ޕިއްޒާގައި ހިމެނުމުގެ ފުރުސަތު އޮންނާނެ ކަމަށް ޕިއްޒާ ބޯނާއިން ބުންޏެވެ.

ޕިއްޒާ ބޯނާއިން އަލަށް ނެރުން ޕިއްޒާ ޕާޓީ ޕެކްސްއަކީ މިހާރު ރާއްޖޭ ޕިއްޒާ މާކެޓުގައި އެންމެ އަގު ހެޔޮކޮށް ލިބޭ ޕިއްޒާއެވެ. އެގޮތުން އެންމެ އާދައިގެ ސައިޒުގެ ޕާޓީ ޕެކެއް ލިބެނީ 380 ރުފިޔާއަށެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޕިއްޒާ ބޯނާއަކީ ރާއްޖެއިން އެންމެ ގިނަ ފްލޭވާތަކުގެ ޕިއްޒާ ވިއްކާ ތަނެވެ. އެގޮތުން ތަފާތު 34 ފްލޭވާއެއްގެ ޕިއްޒާ ލިބެން ހުރެ އެވެ. ޕިއްޒާ ޕާޓީ ޕެކްސް އެއިން ކޮންމެ ފްލޭވާއެއްވެސް ކަސްޓަމަރަކު ބޭނުން ވަރަކަށް ހިމެނިދާނެ އެވެ. އަދި އިވެންޓުތަކާއި ޕާޓީތަކަށް ހޫނުކަން މަތީގައި އެ ޕިއްޒާ ޑިލިވާކޮށްދޭނެ އެވެ.