ކުޅިވަރު

ސިޓީ މޮޅު ކޮށްދިން ލަނޑަށްފަހު ސްޓާލިންއަށް ރަތް ކާޑު

Aug 26, 2017

ބޯންމައުތާ ދެކޮޅަށް މެޗުގެ އެންމެ ފަހު ވަގަުތުގައި 2-1 މެންޗެސްޓާ ސިޓީ މޮޅުކޮށްދިން ލަނޑު ކާމިޔާބު ކުރުމަށްފަހު، ރަހީމް ސްޓާލިން ރަތް ކާޑަކާއެކު މެޗު ނިންމާލައިފި އެވެ.

މެޗުގެ އިތުރު ވަގުތު ހަމަވެގެން އިތުރަށް ކުޅުނު ވަގުތުގެ ހަތް ވަނަ މިނެޓްގައި ލަނޑު ޖެހުމަށްފަހު، ސްޓާލިން ވަނީ، ދަނޑަށް އައިސް ތިބި، ސިޓީގެ ސަޕޯޓަރުންގެ ގާތަށް ގޮސް، ވަރަށް ބޮޑަށް އުފާ ފާޅު ކޮށްފަ އެވެ. އޭނާ ސަޕޯޓަރުންގެ ގަތަށް ދިޔައީ ޖަހާފައިވާ ފެންސް މަތިން ފުންމާލުމަށް ފަހު އެވެ. އެއަށްފަހު، އެނބުރި ދަނޑަށް އައި ތަނުން، މެޗުގެ ރެފްރީ މައިކް ޑީން ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކާފަ އެވެ.

ސްޓާލިން އަށް ކާޑު ދެއްކުމުން، ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ވަނީ، އެކަމާ ހިތްހަމަ ނުޖެހުން ފާޅު ކޮށްފަ އެވެ. ... މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އަމިއްލަ ދަނޑު ވިޓާލިޓީ ސްޓޭޑިއަމްގައި ކުޅެމުން ދިޔަ، ބޯން މައުތެވެ. އެ ޓީމުގެ ލަނޑު މެޗުގެ 13 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޗާލީ ޑެނިއަލްސް އެވެ.

އޭގެ އަށް މިނެޓްފަހުން، ޑޭވީޑް ސިލްވާ އަތުން ލިބުނު ބޯޅައިގައި، ގެބްރިއަލް ޖީސަސް ވަނީ، ސިޓީ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުގެ 97 ވަނަ މިނެޓްގައި، ސްޓަލިން ސިޓީ މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކުރީ، ޓްރާންސްފާގައި ރެއާލް މެޑްރިޑުން، ސިޓީއާ ގުޅުނު ޑަނިލޯ ދިން ފުރުސަތަކުން ނެވެ. މިއީ ޕްރިމިއާ ލީގްގައި ޑަނިލޯ ފުލު ކޮށް ކުޅުނު ފުރަތަމަ މެޗެވެ.

މިރޭ ސްވަންސީ ސިޓީއާ އާއި ކްރިސްޓަލް ޕެލަސް ކުޅުނު މެޗު، ސްވަންސީ ކާމިޔާބު ކުރީ 2-0 ން ނެވެ. ޕްރިމިއާ ލީގްގައި މުޅިން އަލަށް ވަދަ ކުރާ ހަޑާސް ފީލްޑް ސައުތު ހެމްޓަންއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެން ނެވެ. ލިވަޕޫލާއި ޗެލްސީ އައި ނަޕޯލީ އާއި އިންޓަމިލާންގެ އިތުރުން، ރެއާލް މެޑްރިޑަށް ކުރިން ކޯޗް ކޮށްދިން ރަފޭލް ބެނިޓޭޒް ކޯޗް ކޮށްދޭ، ނިއުކާސަލް ޔުނައިޓަޑް ވަނީ މި ސީޒަންގެ ޕްރިމިއާ ލީގްގައި ފުރަތަމަ މޮޅު ހޯދާފަ އެވެ. ނިއުކާސަލް އަލުން ޕްރިމިއާ ލީގަށް އައީ މެދުކެނޑުމަކަށް ފަހު އެވެ.