ލައިފްސްޓައިލް

މޫނު ތެޔޮވުން ހައްލު ކުރަވިދާނެ!

Sep 1, 2017
1

އުޖާލާ ރީތި ހަމެއްގެ ވެރިއަކަށްވާން ކޮންމެ މީހަކު ވެސް ބޭނުންވެ އެވެ. ނަމަވެސް ލަކުނު ނުލައި ބިހިން ސަލާމަތްވާން ބޭނުން ނަމަ އެކަމަށް މަސައްކަތް ތަކެއްކުރަން ޖެހެ އެވެ. ހާއްސަކޮށް ފައުންޑޭޝަނާއި މޭކަޕް ކޮށްގެން ގިނަ ވަގުތު އުޅޭ އަންހެނުން މިކަމަށް ހާއްސަ ސަމާލު ކަމެއް ދޭންޖެހެ އެވެ. ސަބަބަކީ މޭކަޕް ރަނގަޅަށ ްނުފިލުވާނަމަ މޫނުގައި ބިހި ނަގައި މޫނު ހަލާކުވެ ހަޑިވާލެއް ފަސޭހަވީމަ އެވެ.

މީގެއިތުރުން ވެސް ކެއުމަށް ނުބަލައި އަތުޖެހޭ ކޮންމެ އެއްޗެއް ކާއުސޫލު ގެންގުޅޭ ނަމަވެސް އެ އަސަރު މީހާގެ ހަށިގަނޑާއި އެއްވަރަށް މޫނު މަތީގައި އުފެދޭ ތެލުން ވެސް ފެންނާނެ އެވެ.

އެގޮތުން ސިއްހަތު ރަނގަޅު ހަމެއް ބޭނުން ނަމަ ކޮންމެ ހެން މިތަކެތި ކެއުމުގައި ހިމަނަން ވާނެ އެވެ.

ކިއުކަމްބާ

ގިނަ އަދަދަކަށް ފެން ހިމެނޭ ކިއުކަމްބާ އަކީ މީހާގެ ހަށިގަނޑުން ފެން މަދުވިޔަނުދީ ހިފެހެއްޓުމުގެ އިތުރުން ހަމުގައި ހުންނަ ވިހަ މާއްދާތައް ސާފުކޮށްދޭ މޭވާ އެކެވެ.

ނަޓްސް

ކޮންމެ ވައްތަރެއްގެ ނަޓްސް އެއްގައި ވެސް އޮމެގާ ތިނެއް ފެޓީ އެސިޑް ގިނަ އަދަދަކަށް ހިމެނޭއިރު މިއީ މޫނުމަތި މާބޮޑަށް ތެޔޮ ވެފައި ހުންނަނަމަ އެކަމުން ސަލާމަތް ވުމަށް ކާން ފައިދާ ހުރި އެއްޗެކެވެ.

އޮރެންޖު

ހުތް ކަން އެކުލެވޭ ލުނބޯ އަދި އޮރެންޖުގައި ހިމެނޭ ވިޓަމިން ސީ ގެ ސަބަބުން ހަން ސާފުކޮށްދި ހަމުގައި އުފެދޭ ބޭކާރު ތެޔޮ ސާފުކޮށްދެ އެވެ.

ފެހި ތަރުކާރީ

ތަރުކާރީގައި ހިމެނޭ ފެހި ކުލައިގެ ހުރިހާ ތަރުކާރީ އަކީ ވެސް ހަމަށް ބޭނުންވާ މުހިންމު މާއްދާތައް ހިމެނެ އެވެ. ހާއްސަކޮށް ފައިބާ އިން މުއްސަނދިވެފައިވާ ފެހި ކުލަގަދަ ތަރުކާރީގެ ސަބަބުން ހަން އުޖާލާކޮށް ރީތި ކުރުމަށް އެހީވެދެ އެވެ

އެވަކާޑޯ

މިއީ ގިނަ ބައެއްގެ އެންމެ "ފޭވަރިޓް" އެއް މޭވާ އެވެ. ނަމަވެސް އެވަކާޑޯ އަކީ ހަމައެކަނި އަނގަޔަށް މީރު އެއްޗެއް ނޫނެވެ. މޫނު މާބޮޑަށް ތެޔޮވާނަމަ އެވަކާޑޯ އެއްވެސް އެއްޗަކާ އެއްނުކޮށް ސީދާ މޫނުގައި އުނގުޅުމުން ވެސް ތަފާތު ފެންނާނެ އެވެ. މިއީ ހަން މޮއިސްޗަރައިޒް ކޮށް އޮމާން ކުރުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ.

މީގެ އިތުރުން ވެސް މަހާއި ތަރުކާރީ އާއި މޭވާ އަދި ޑާކް ޗޮކެލަޓާއި ކާށި ފެނަކީ ވެސް ހަން އުޖާލާކޮށް ބެހެއްޓުމަށް ކެއުމުގައި ހިމެނުން މުހިންމު އެއްޗިއްސެވެ.