ލައިފްސްޓައިލް

މައިންބަފައިންނާ ހެދިވެސް ކުދިންނަށް ނިދުމުގެ މައްސަލަ ދިމާވޭ!

Sep 3, 2017

ބޮޑު މީހަކަށް ދުވާލަކު އަށް ގަޑިއިރުގެ ނިދި ހަމަކުރަން ޖެހެ އެވެ. އެހެން ނޫނީ ދުވަހުގެ އެހެން ކަންކަމަށް ބުރޫ އަރަ އެވެ. ހަމަ އެގޮތަށް ބޮޑުވަމުން އަންނަ ފުރާވަރުގެ އުމުރުގެ ކުދިންނަށް ވެސް ނިންޖަކީ ވަރަށް މުހިންމު އެއްޗެކެވެ. ކަންކަމަށް ސަމާލުކަން ދިނުމާއި، ހަނދާން ހުންނަ މިންވަރާއި ކުއްޖާގެ ކިޔެވުމާއި ނިދުމާއި އޮންނަނީ ވަރަށް ބޮޑަށް ގުޅިލާ މެހިފަ އެވެ.

އެހެން ނަމަވެސް އެ އުމުުރުގައި ވެސް ބައެއް ކުދިންނަކީ ނިދަން އުނދަގޫ ކުދިންނެވެ. ބައެއް މައިންބަފައިން އެކަން ސީރިއަސްކޮށް ނުނެގި ނަމަވެސް އެއީ ވަރަށް ސީރިއަސް މައްސަލަ އެކެވެ. ކުއްޖާ ނުނިދާ ހުންނަނީ ގޭމް ކުޅެން ނުވަތަ ޓީވީ ބަލާށޭ ބުނާ މައިންބަފައިން އުޅެ އެވެ. ކުއްޖާ ނުނިދާ ހޭލާ ހުރި ސަބަބެއް ހޯދާ މީހުން މަދެވެ. ގިނަ ފަހަރަށް ކުދިންނަށް ނުނިދޭ މައްސަލަ ކުރިމަތިވަނީ ކޮންމެވެސް ކަހަލަ ނަފްސާނީ ބިރު ވެރިކަމެއް ކުއްޖާއަށް ކުރިމަތިވާ ނަަމަ އެވެ. އެފަދަ އެއްވެސް ކަމެއް ނެތިވެސް ބައެއް ކުދިންނަށް ނިދުމުގައި މައްސަލަތައް ދިމާވެ އެވެ. އެއީ އެކުދިންގެ މައިންބަފައިންގެ ފަރާތުންނެވެ. މައިންބަފައިންނަށް ނިދުމުގެ މައްސަލަ ކުރިމަތިވާނަމަ ކުއްޖާއަށް ވެސް ވާރުތަކޮށްފައި ހުރެ އެވެ.

ފެކަލްޓީ އޮފް ސައިކޮލިޖީ އެޓް ޔުނިވާސިޓީ އޮފް ބޭސަލްގައި އެކަމާ ބެހޭ ދިރާސާއެއްވަނީ ކުރިއަށް ގެންގޮސްފަ އެެވެ. އެ ދިރާސާކުރިއަށް ގެންދިޔައީ އުމުރުން ހަތް އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިން ބޭނުންކޮށްގެންނެވެ. އެކުދިންގެ ތެރެއިން ދެ ބައިކޮށްފައި އެއްބައި ކުދިންނަކީ ދުވަސް ނުފުރާ ވިހާފައި ތިބި ކުދިންނެވެ. އަދި އެކުދިންގެ މައިންބަފައިންނަކީ ނިދަން އުނދަގޫވެ އެމައްސަލަ ރިޕޯޓުކޮށްފައިވާ މީހުންނެވެ. އެ މީހުންގެ ދަރީންނަށްވެސް ވަނީ އެ މައްސަލަ ކުރިމަތިވެފަ އެވެ.

ހާއްސަކޮށް ކުދިންގެ މައިންނަށް ނިދުމުގެ މައްސަލަތައް ކުރިމަތިވާނަމަ އެ ކުދިންނަށްވެސް ނިދަން އުނދަގޫވެ ފުރިހަމަ ނިންޖަކަށް ގެނބެން ގިނަ ވަގުތު ބޭނުންވެ އެވެ.