އަބްދުﷲ ޝާހިދު

"މިޔަންމާގެ އެއްވެސް ވަޒީރަކަށް މި ފަސްގަނޑުން މަރުހަބާއެއް ނުކިޔޭނެ"

މިޔަންމާގެ އެއްވެސް ވަޒީރަކަށް މި ދިވެހި ފަސްގަނޑުން މަރުހަބާއެއް ނުކިޔޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓަރު ޑޮކްޓަރު މަޔަންޓް ހުވައި ރާއްޖެވަޑައިގަންނަވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ރޭ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައުސޫމް މުސްލިމް ތުއްތު ކުޑަކުދިންނާއި އަހުންނާއި އުހުތުން ކަތިލަމުން ގެންދާ މިޔަންމާގެ އެއްވެސް ވަޒީރަކަށް ދި ދިވެހި ފަސްގަނޑުން މަރުހަބާ އެއް ނުކިޔޭނެ ކަމަށެވެ.

މިޔަންމާގެ ހެލްތް މިނިސްޓަރު ރާއްޖެވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔު އެޗްއޯ އިން ބާއްވާ 70 ވަނަ ސައުތު އީސްޓް އޭޝިއާ ބައްދަލުވުމުގައި ބައިވެރިވުމަށެވެ.

މިޔަންމާގެ މިނިސްޓަރު ރާއްޖެ ވަޑައިގަންނަން ހަމަޖެހިފައިވާ އިިރު، ދިވެހި ސަރުކާރުން އިއްޔެ ވަނީ މިޔަންމާއާއެކު ގާއިމުކޮށްފައިވާ ވިޔަފާރީގެ ގުޅުންތައް ކަނޑާލަން ނިންމައި އެކަން ނިމުމަކަށް ގެނެސްފަ އެވެ.