ކުޅިވަރު

އޮމާން ބޮޑު ތަފާތަކުން ރާއްޖެ މައްޗަށް ކުރި ހޯދައިފި

އޮމާނާއި ރާއްޖެ އެގައުމުގައި ވާދަކުރި މެޗު 0-5 ގެ ބޮޑު ތަފާތަކުން އޮމާން ކާމިޔާބުކޮށްފިއެވެ. މުޅި މެޗުގައިވެސް ރާއްޖޭގެ ޓީމުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު މެޗުގައި އޮމާންގެ ގޯލަށް ނުރައްކާކޮށް ފޮނުވާލެވުނީ ދެ ހަމަލާއެވެ. އޮމާންގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާ އައިސްފައިވަނީ މެޗުގެ 80 ވަނަ މިނިޓުގައި އަޅީ އާޝްފާގް ފޮނުވާލި ހަމަލާއިންނެވެ. ނަމަވެސް މި ބޯލާއިގައި އެއްވެސް ބާރެއެއް ނެތެވެ.

މުޅި މެޗުވެސް ކޮންޓްރޯލް ކޮށްގެން ކުޅުނު އޮމާންގެ ފުރަތަމަ ގޯލް ފެނިގެންދިޔައީ މެޗުގެ ހަތަރުވަނަ މިނިޓުގައެވެ. މިގޯލަކީ ސީދާ ކޯނަރަކު އޮމާން ކާމިޔާބު ކުރި ގޯލެކެވެ. ގާސިމް ސައިދްގެ ކޯނަރު ގޯލްގެ ތެރެޔަށްވަނީ ކީޕަރު ފައިސަލް އަތުގައި ޖެހިފައެވެ. ފުރަތަމަ ހާފްގައި މިނޫނަސް އެތަށް ފުރުސަތުތަކެއް އޮމާންއަށް ވިނީ ލިބި ބޭކާރުވެފަ އެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން 58 ވަނަ މިނިޓުގައި ހާލިދް އަލް ހަޖްރީ އެޓީމަށް ލީޑު ފުޅާކޮށްދިނެވެ. އަދި އޭގެ 10 މިނިޓު ފަހުން ސަލާހް އަލް ޔަހްޔާ އޮމާންއަށް އިތުރު ގޯލެއް ކާމިޔާބުކޮށްދިނެވެ. އަދި 86 ވަނަ މިނިޓުގައި އޮމާންއިން އިތިރަށް ލީޑު ފުޅާކޮށް މެޗުގެ ނަތީޖާ 4-0 އަކަށް ބަދަލުކޮށްލިއެވެ. އޭގެ ދެމިނިޓު ފަހުން އޮމާންގެ 5 ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސަމީ އަލް ހަސާނީ އެވެ.

މުޅި މެޗުގައި ވެސް ރާއްޖޭގެ ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް ދަށް ކުޅުމެއް ފެނިގެންދިޔައިރު ދިވެހި ޓީމުގެ ގިނަ ކުޅިންތެރިންގެ ފަރާތުން ފުނުނު ވޯކްރޭޓުވެސް ވަރަށް ދަށެވެ. މުޅި މެޗުގައި މަސައްކަތްކޮށްލިތަން ފެނުނީ އާލީ ފާސިރު ފަދަ މަދު ކުޅުންތެރިޔެއްގެ ފަރާތުންނެވެ.

މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެސްގައި ގައުމީ ކޯޗު ޑެރެން ސްޓްވާޓް ބުނީ "މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް އަހަރެން ކުޅުންތެރިން ދެކެ ފަހުރުވެރިވާނަން. އެއީ މިކުޅުންތެރިން މަސައްކަތްކުރާނެކަން އަހަންނަށް ޔާގީންވާތީ" ނަމަވެސް މިރޭ ފެނިގެންދިޔައީ މިއާ ވަރަށް ހިލާފުކޮށެވެ.

މިއަދުގެ މެޗާއެކު އެކު ދިވެހި ކުޅުންތެރިން ކޯޗު އެކުޅުންތެރިނަށް ދިން އިތުބާރު އަންބުރާ ރައްދުކޮށްދީފައި ނުވާކަން ހާމަވިއެވެ. ދިވެހި ގިނަ ކުޅުންތެރިން ދަނޑުމަތީގައިި ފެނިގެންދިޔައީ ހިންގާފައި އުޅުނު މަންޒަރެވެ. މިއީ މިފަދަ ވަރުގަދަ އޭއެްސީ މުބާރާތެއްގައި ބަލައިގަނެވޭނެ ފަދަ ކުޅުމެއްނޫނެވެ.

އޭއްފްސި އޭސިއަން ކަޕް ކޮލިފައިންގައި ރާއްޖެ ގްރޫޕްގެ ދެވަނަ މެޗު ފަލަސްދީން ވަނީ 0-2 ބޫޓާންގެ މައްޗަށް ކުރި ހޯދާފައެވެ.