ކުޅިވަރު

އިރާން، ދެކުނު ކޮރެޔާ، ޖަޕާން އަދި ސައުދީ އަރަބިޔާ ކޮލިފައިވެއްޖެ

އުމަރް އަލް ސޮމަހް 93 ވަނަ މިނިތުގައި ކާމިޔާބުކޮށްދި ގޯލާއިއެކު އިރާން އަތުން 2-2 އެއްވަރުވެ ގްރޫޕްގެ 3 ވަނަ ކަށަވަރުކޮށް ސީރިޔާއިން ވޯލްޑް ކަޕްގެ އުންމީދުތަށް ދަމަހައްޓައިފިއެވެ.

ހަންގުރާމައިގައި ގައުމު ސުންނާފަތި ވެފައިވާ ސީރިޔާ އެގައުމުގެ މެޗުތަށް ކުޅެމުން އަންނަނީ މެލޭޝިޔާގައެވެ. ފީފާއިންވަނީ އެގައުމުގެ ސަލާމަތީކަންކަން ހުރީ ފުޓުބޯޅަ ކުޅެވޭހާލަތެއްގައި ނޫންކަމަށް ކަނޑައަޅާފައެވެ. ސީރިޔާ ގެ ފުރަތަމަ ކޮލިފައިން މެޗު ކުޅުނީ އޮމާންގައެވެ. ނަމަވެސް އޭގެ ފަހު މެޗުތަށް ކުޅެމުން އަންނަނީ މެލޭޝިޔާގައެވެ.

ހަންގުރާމައިގައި ގައުމަށް ބޮދެތި ގެއްލުންތަކެއް ލިބިފައިވާ ނަމަވެސް އެގައުމުގެ ލީގު ކުރިޔަށްދެއެވެ. ސީރިޔާ ގައުމީ ޓީމުގެ 6 ކުޅުންތެރިންނަކީ އެގައުމުގެ ޕްރިމިޔާ ލީގުގައި ކުޅެމުންއަންނަ ކުޅުންތެރިންނެވެ. ސީރިޔާގެ ދާހިލީ ހަނގުރާމަ ފެށުނު ފަހުން އެގައުމުގައި ލީގު ކުރިޔަށް ނުގެންގޮސްފައިވަނީ ހަމައެކަނި 2011 ވަނަ އަހަރުއެވެ. އެނޫން ކޮންމެ އަހަރަކުވެސް އެގައުމުގެ ލީގުވަނީ ކުރިޔަށް ގެންގޮށްފައެވެ.

ސްޓޭޑިއަމްތަށް ހަލާކުވެ ނުވަތަ ސިފައިންގެ ބޭސްތަކުގެ ގޮތުގައި އާއި ހަންގުރާމަ މަތީ ބަރު ހަތިޔާރު ރައްކާކުރާ ގުދަންތަކަކަށް ހަދާފައިވާތީ އެގައުމުގެ ލީގު މިހާރު ކުރިޔަށްދަނީ އެންމެ ސްޓޭޑިއަމެއްގައެވެ. ނަމަވެސް ހަންގުރާމައުގެ ކުރިން ސީރިޔާގެ ލީގު މުޅި ގައުމަށް ހުޅުވާލައިގެން ކުރިޔަށްގެންދެއެވެ.

ސީރިޔާގެ ކުޅިވަރު ރިޕޯޓަރަކާއި ހަވާލާދީ އީއެސްޕީއެން ބުނާގޮތުގައި ސީރިޔާގެ ޕްރިމިޔާ ލީގާއި ދެވަނަ ޑިވިޝަންގައި ކުޅެމުންއައިސްފައިވާ ކުޅުންތެރިންގެ ތެރެއިން 38 ކުޅުންތެރިޔެއްގެ ގަޔަށް ވަޒަން އަރައި ނުވަތަ މަރުވެފައިވާއިރު 11 ކުޅުންތެރިޔަކު ވަނީ ވީނުވީއެއް ނޭންގި ގެއްލިފައެވެ.

ނަމަވެސް މިހުރިހާ އުނދަގުލަކުން އަރައިގަނެ ސީރިޔާއިން މިވަނީ ފުޓިބޯޅައިގެ ދުނިޔެ ސިއްސުވާލާފައެވެ. ކޮލިފައިންގައި އެގައުމު ކުޅުނު ފުރަތަމަ މެޗުގައި އުޒްބަކިސްތާނު އަތުން 0-1 ބަލިވިއެވެ. ޖެހިގެންއައި މެޗުގައި ކޮރެޔާ އަތުން ޕޮއިންޓެއް ހޯދައި ޗައިނާ ބަލިކުރިއެވެ. އޭގެފަހުން އިރާންއާއި އެއްވަރުކޮށް އުޒްބަކޮސްތާނު ބަލިކުރިއެވެ. އަދި ޗައިނާއާއި އެއްވަރުކޮށް ގަތަރު އަތުން މޮޅުވިއެވެ. ގްރޫޕްގެ ފަހު މެޗުގައި ތެހެރާންގައި އިރާން އަތުން މެޗުގެ ފަހު މިނިޓުގެ ތެރޭގައި ޕެއިންޓެއެއް ހޯދައި ޕްލޭއޮފް ޖާގައެއް ކަށަވަރު ކުރިއެވެ.

ޕްލޭއޮފްގައި ސީރިޔާ ވާދަކުރަން ޖެހޭނީ އޮސްޓްރޭލިއާ ދެކޮޅަށެވެ. ފަހު މެޗުގައި އިއްޔެ ތައިލޭޑް އަތުން ކުރި ހޯދައި 19 ޕޮއިންޓް ހަމަ ކުރި ނަމަވެސް ގްރޫޕްގެ އަނެއް މެޗުގައި ސައުދީ ވަނީ ޖަޕާނު ބަލިކޮށް 19 ޕޮއިންޓު ކާމިޔާބުކޮށްފައެވެ. ސައުދީ އަރަބިޔާ ވޯލްޑް ކަޕަށް ކޮލިފައިވީ ފައިދާ ގޯލުގެ ތަފާތުންނެވެ.

އޭސިޔާއިން އެންމެ ފުރަތަމަ ވޯލްޑް ކަޕް ޖާގައެއް ކަށަވަރު ކުރީ އިރާންއެވެ. އެގައުމާ އެކު ގްރޫޕް އޭގެ ދެވަނ ކަށަވަރު ކުރީ ދެކުނު ކޮރެއާއެވެ. ގްރޫޕް ބީގެ އެއްވަނަ ޖަޕާނު ކާމިޔާބުކުރިއިރު ދެވަނ މަގާމު ގޯލް ތަފާތުން ލިބެނީ ސައުދީ އަރަބިޔާއަށެވެ.