ލައިފްސްޓައިލް

މާބަނޑުއިރު ފޯނުން ކުދިންނަށް އަސަރެއް ނުކުރޭ!

Sep 6, 2017
2

މޯބައިލް ފޯނާއި، ލެޕްޓޮޕް އަދި އައިޕެޑް ފަދަ ސްމާޓް އިލެކްޓްރޯނިކްގެ ބާވަތްތަކަކީ މާބަނޑު ދުވަސްވަރުން ފެށިގެން ކުއްޖާއަށް އެއިން ނުރަނގަޅު އަސަރުތައް ފޯރުކޮށްދޭ ކަމެކެވެ. އެގޮތުން ވާހަކަ ދެއްކުން ލަސްވުމާއި، މީހުންނާ މުއާމަާތު ކުރުން ފަދަ ހުނަރުތައް އެކުދިންނާ ދުރުކަމަށެވެ. އެހެން ނަމަވެސް ސައިންސްވެރިންގެ މުޅިން އާ ދިރާސާއަކުން މިވަނީ އެއަށް ޗެލެންޖުކޮށް މުޅިން ތަފާތު ވާހަކައެއް ބުނެފަ އެެވެ.

އެ ދިރާސާއަށް ފަހު ސައިންސްވެރިން ބުނީ މާބަނޑު ދުވަސްވަރު މޯބައިލް ފޯނު ބޭނުންކުރި ނަމަވެސް އެއިން ކުއްޖާއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. ސައިންސްވެރިން ބުނީ މޯބައިލް ފޯނުން ދޫކުރާ ރޭޑިއޯ ފްރިކުއެންސީ އިލެކްޓްރޯ މެގްނެޓިކް ފީލްޑަކީ ކުއްޖާގެ ސިކުނޑީގެ ހެދިބޮޑުވުމަށް އެއްވެސް ހުރަހެއް އަޅާނެ އެއްޗެއް ނޫން ކަމަށެވެ.

އެއީ މާބަނޑު ދުވަސްވަރު މޯބައިލް ފޯނު ބޭނުންކޮށްގެން ކުއްޖާގެ ސިކުނޑީގެ ތަރައްގީއަށް އެއްވެސް ކަހަލަ ހުރަހެއް ނޭޅޭނެ ކަމަށް ސައިންސްވެރިން ބުނި ފުރަތަމަ ފަހަރެވެ.

ޖާނަލް ބީއެމްސީ ޕަބްލިކް ހެލްތުގައި ޝާއިއުކޮށްފައިވާ އެ ދިރާސާއިން ދައްކާ ގޮތުގައި މާބަނޑު ދުވަސްވަރު މޯބައިލް ފޯނު ބޭނުންކުރާ މީހުންގެ ތެރެއިން 27 އިންސައްތަ މީހުންގެ ދަރިންނަށް ވާހަކަ ދެއްކުމުގައި ކުޑަ ލަސްކަމެއް މެދުވެރިވެ އެވެ.

އެ ދިރާސާ ހަދާފައިވަނީ 45،389 އަންހެނުންނާއި އެމީހުންގެ ކުދިން ބޭނުންކޮށްގެންނެވެ. ދިރާސާގައި ބަލާފައިވަނީ ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ ކުދިންނެވެ.