ހަބަރު

މިއަދު ވެސް ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ: މެޓް

Sep 7, 2017

ރާއްޖެއަށް މިހާރު ކުރާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން މިއަދު ވެސް ބޯކޮށް ވާރޭ ވެހި މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓާ (މެޓް) އިން ބުނެފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ވައިގަދަވުމުގެ ސަބަބުން ކަނޑުތައް ގަދަވެ، ދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށް އެ އޮޮފީހުން ބުންޏެވެެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން އިއްޔެ ބ. ދަރަވަންދޫއަށް 127 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށާއި 50 މޭލާއި 47 މޭލު ބާރު މިނުގައި އެ ރަށަށް ވައިގަދަ ވެފައިވާ ކަމަށް މެޓް އޮފީހުން ބުންޏެވެ. އޭގެ އިތުރުން ހދ. ހަނިމާދޫއަށް 52 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައިވެ އެވެ.