ވިޔަފާރި

ފުރަތަމަ ޕްރިންޓް އަދި އެޑްވަޓައިޒިން ޝޯ 21 ވަނަ ދުވަހު ފަށަނީ

ރާއްޖޭގައި ބާއްވާ ފުރަތަމަ ޕްރިންޓް އެންޑް އެޑްވަޓައިޒިން ޝޯ މިމަހުގެ 21 ވަނަ ދުވަހު ފަށާނެ އެވެ.

ހައިރަޒް އިން އިންތިޒާމުކޮށްގެން، ޕްރިންޓިން އެންޑް އެޑްވަޓައިސިން ޝޯ 2017 (ޕާސް) ގެ ނަމުގައި ބާއްވާ މި ފެއާ އޮންނާނީ 21-23 އަށް ނޭޝަނަލް އާޓްގެލަރީގަ އެވެ.

މި ފެއާގައި ރާއްޖޭގައި ޕްރިންޓިންގެ ދާއިރާގެ ބޮޑެތި ހުރިހާ ކުންފުނިތަކާއި އިވެންޓް މެނޭޖު ކުރުމާއި އިޝްތިހާރު ހެދުން ފަދަ މަސައްކަތް ކުރާ ކުންފުނިތަކުން ބައިވެރިވާނެ އެވެ.

ޕާސްގެ އޮންލައިން މީޑިޔާ ޕާޓްރަކަށް "އަވަސް" އޮންލައިން އެވެ.

ޕާސްގައި ބައިވެރިވާ ފަރާތްތައް:

* ޕްރިންޓު ކުރާ ކުންފުނިތައް
* މާޗެންޑައިޒިން ހިދުމަތްދޭ ފަރާތްތައް
* ސުވެނިޔަ އުފައްދާ ކުންފުނިތައް
* އެޑް އެޖެންސީތައް
* އިވެންޓް ބާއްވާ ކުންފުނިތައް
* ފޮޓޯ ގްރަފަރުން
* މާކެޓިން އަދި ޕީއާރު ކުންފުނިތައް
* ފްރީލާންސް ޑިޒައިނަރުން
* މީޑިޔާ

ޕާސް ފޯކަސް ކުރަނީ ވިޔަފާރިތަކާއި ޓޫރިޒަމް އިންޑަސްޓްރީ އަދި އެފްއެންބީ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ އެކި ދާއިރާތަކާއި ތަފާތު އުފެއްދުންތެރި މަސައްކަތްތައް ކުރަމުން ގެންދާ ޒުވާނަށެވެ.

މި ފެއާގެ މެއިން ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ އެމް7 އާއި ޕްރިންޓް ލެބް އަދި ނޮވެލްޓީ އެވެ. މީގެ އިތުރުން ކޯ ސްޕޮންސަރުންގެ ގޮތުގައި ހިމާތަނަށް ބައިވެރިވެފައިވަނީ ޓޮޕް ޕްރިންޓާސް އެވެ. މި ފެއާގައި ގިނަ އަދަދެއްގެ ކުންފުނިތައް ވަނީ ބައިވެރިވެފަ އެވެ. މި އެގްޒިބިޝަން ކުރިއަށް ދާނީ 21-23 ގެ ނިޔަލަށެވެ.