ވިޔަފާރި

މަސް އެކްސްޕޯޓުކޮށްގެން ޖޫން މަހު 10.5 މިލިއަން ޑޮލަރު

މި އަހަރުގެ ޖޫން މަހު ރާއްޖޭން ބޭރު ކުރި މަހަށް 10.5 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނެރޭ "އިގްތިސާދީ ރިވިއު" ގައިވާ ގޮތުން މި އަހަރުގެ ޖޫން މަހު މަސް އެކްސްޕޯޓުކޮށްގެން 10.5 މިލިއަން ޑޮލަރު ލިބުނުއިރު މަސް އެކްސްޕޯޓު ކުރި މިންވަރު ވަނީ 5.8 ހާސް މެޓްރިކް ޓަނަށް އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު ވަރަށް ބޮޑުތަން އިތުރު މިންވަރެކެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި މަސް އެކްސްޕޯޓުކޮށްގެން ލިބުނު އާމުދަނީ މައިގަނޑު ގޮތެއްގައި އިތުރުވެފައިވަނީ ގަނޑުކުރި ކަޅުބިލަ މަހުގެ އެކްސްޕޯޓު އިތުރުވުމާ ގުޅިގެންނެވެ.

އެކްސްޕޯޓު އިތުރުވިއިރު މަސްވެރިކަމުގެ ދާއިރާ އަށް މި އަހަރުގެ ޖުލައި މަހު ރާއްޖޭގެ ކުންފުނިތަކުން 8.2842 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވެ އެވެ. މިއީ 2016 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 77 ޕަސެންޓް އިތުރުވެފަ އެވެ. މިއީ ފާއިތުވެ ދިޔަ ޖޫން މަހާ އަޅާބަލާއިރު 33 ޕަސެންޓް ދަށް އަދަދެކެވެ. %33 ދަށް އަދަދެކެވެ. ކުންފުނިތަކަށް މަސް ކިރުވި އަދަދު ވަރަށް ބޮޑުތަން އިތުރުވެގެން ދިޔައީ ކަންނެލީގެ ބާވަތްތައް ކިރުވި އަދަދު އިތުރުވަމުންނެވެ.