ހަބަރު

ބޮޑު މަރަކާ ގުޅިގެން ލ އަތޮޅުން މީހަކު ހައްޔަރުކޮށްފި

މި ފަހުން މާލޭގައި ހިނގި މަރުގެ މައްސަލައަކާ ގުޅިގެން ލ. އަތޮޅުން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ވަނީ މަރުގެ މައްސަލާގައި މީހަކު އެ ރަށުން ހައްޔަރުކޮށްފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އޭނާ ހައްޔަރު ކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ނުވަތަ ކޮން އިރަކު ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މަރުގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ އިރު މިދިޔަ ޖުލައި މަހުގެ ތެރޭގައި މާލޭގައި ގިނަ އަދަދެއްގެ މާރަމާރީތަކެއް ހިންގާ ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް އާއި ރ. މީދޫ ފެންފިޔާޒްގެ މުހައްމަދު އަނަސް ވަނީ މަރާލައިފަ އެވެ.

އެ ދެ މައްސަލާއާ ގުޅިގެން މިހާތަނަށް ބައެއް މީހުން ހައްޔަރުކޮށް މައްސަލަތައް އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.