އުރީދޫ ދިވެހި ލީގުގައި މިލަންދޫ އަތުން މޮޅަކާއެކު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ. ރޭގެ މެޗުގައި ނިއުގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ލިބުނު ފެނެލްޓީއަކުން ސްޕެއިންގެ ފޯވާޑް އެޑްރިއަން ޖަލާޑޯއެވެ.
12 ޕޮއިްންޓާއެކު ނިއު ރޭޑިއަންޓް އެއްވަނައިގައި އޮތްއިރު ދެވަނަ މިގާމުގައި އެއްމުޗު މަދުން ކުޅޭގެން އޮތީ މާޒިޔާއެވެ. އެޓީމު މިއަދު ކުޅޭ މެޗުގައި ގްރީން ސްޓްރީޓް އަތުން މޮޅު ވެއްޖެނަމަ އަލުން އެއްވަނަ މަގާމު ލިބޭނެއެވެ. ތިން ވަނައުގައި އޮތް ގްރީން ސްޓްރީޓްސް ގިނަ ގޯލް ތަކެއްޖަހައިގެން މާޒިޔާކޮޅަށް ޖަހައިފިނަމަ އެޓީމަށް އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.
މިލަންދޫގެ ކީޕަރު އިމްރާންގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މިމެޗުގެ ފުރަތަމަ ހާފްގައި ނިއުއަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބި ބޭކަރުވެފައެވެ. މިގޮތުން އެޑްރިއަންއަށް ލިބުނު ފުރުސަތުތަށް ފާހަގަކުރެވެއެވެ.
ދެވަނަ ހާފްގައިވެސް ނިއުއިން ކުރިޔަށް ޖެހިގެން ކުޅުނު ނަމަވެސް މިލަންދޫއިން އައީ ޑިފެސްގައި މޮޅު ކުޅުމެއް ދައްކަމުނެވެ. ނަމަވެސް 65 ވަނަ މިނިޓުގައި ނިއުގެ ހަމްޒާ މުހައްމަދް (ހަމްޕު)އަށް އޭރިޔާ ތެރެއިން މިލަންދޫގެ ކުޅުންތެރިޔަކު ފައުލު ކުރުމާއި ގުޅުގެން ރެފްރީ ވަނީ ނިއުއަށް ޕެނެލްޓީއެއް ދީފައެވެ.
ފެސޭހަ ކަމާއެކު ޕެނެލްޓީއިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެޑްރިއާން ގަލާޑޯ ނިއުއަށް ލީޑު ނަގައިދިނެވެ.
ނިއުގެ ގޯލަށްފަހު މިލަންދޫއިން އެޓޭކު ކުރަން ފެށިއެވެ. އެގޮތުން 77 ވަނަ މިނިޓުގައި ގޯލަކާ ގާތައް ޖެހިލިއެވެ. އެގޮތުން ނިއުގެ އޭރިޔާ ބޭރުން މިލަންދޫގެ ކުޅުންތެރިޔަކު ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަންޑިއަށެވެ.