ހަބަރު

ބޮޑު ބަޔަކަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށްފި

Sep 12, 2017

ކުރިއަށް އޮތް 24 ގަޑައިރުގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ. އެ އޮފީހުން ބުނެފައިވާ ގޮތުގައި ނ. އަތޮޅާއި ލ. އަތޮޅާ ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވައިގަދަ ވާނެ އެވެ. އެހެންވެ ވައިޓް އެލާޓް ވެސް ވަނީ ނެރެފަ އެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށްފައިވާއިރު މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާ 25 މޭލު ދެމެދުގެ ބާރު މިނުގައި، ދެކުނާއި އުތުރު އަތޮޅުތަކަށް ގަޑިއަކު އަށް މޭލާ 18 މޭލު ދެމެދުގެ ބާރު މިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ބުނެފައި ވެއެވެ.

މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ އެވެ. އަދި އުތުރާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެ އެވެ.

މުސޫމަށް އަންނަ މި ބަދަލާއެކު އާއްމުކޮށް ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.