ހަބަރު

ދިރާގުގެ 49 މުވައްޒިފެއްގެ އަގުވަޒަންކޮށް އިނާމްދީފި

ދިރާގުގެ މުއައްޒިފުންނަށް ހާއްސަކޮށް، އަހަރީ އިނާމް ދިނުމުގެ ޖަލްސާ ރޭ ބާއްވާ އެ ކުންފުނީގެ 49 މުވައްޒިފަކަށް އިނާމް ދީފި އެވެ. މިއީ މުވައްޒަފުންގެ ހުނަރާއި، މުވައްޒަފުން ކުންފުންޏަށް ފޯރުކޮށްދޭ ހިދުމަތުގެ އަގުވަޒަން ކުރުމަށް ދިރާގުން އެ ޖަލްސާ ބާއްވާ 28 ވަނަ އަހަރެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި މި ޖަލްސާގައި އެ ކުންފުނީގެ 49 މުވައްޒަފުންނަށް އިނާމު ދީފަ އެވެ. އެގޮތުން އެންމެ ޝަރަފްވެރި އިނާމް "ޗެއަޕާސަންސް އެވޯޑް" ލިބިފައި ވަނީ އެ ކުންފުނީގެ އެސިސްޓެންޓް އިންޖިނިއާ ޒުލްހާމް އަބްދުލް ހަކީމް އަށެވެ. އޭގެ އިތުރުން ދިރާގުގައި ދިގުމުއްދަތުގެ ހިދުމަތުގެ އިނާމްތަކާއި، ލީޑާޝިޕް އިނާމްތަކާއި ޑިވިޝަންލް މެރިޓް އެވޯޑްތަކާއި ހާއްސަ މެރިޓް އެވޯޑްތަކުގެ އިތުރުން ސްޕެޝަލް ރެކޮގްނިޝަން ޓީމް އެވޯޑްތައް ދީފައިވެއެވެ.

އެ ޖަލްސާއަ ގުޅޭ ގޮތުން ދިރާގުން ބުނީ އެ ކުންފުނީގެ އެންމެ އަގުހުރި ރައުސްމާލަކީ މުވައްޒަފުން ކަމަށާއި އެގޮތުން މުވައްޒަފުންގެ މަންފާއާއި ކުރިއެރުމަކީ ކުންފުނިން އިސްކަމެއްދޭ ކަމަށެވެ. އަދި މާލީ އިނާޔަތްތަކުގެ އިތުރުން މުވަޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަޝަގެންނެވުމަ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ރޭގެ ޖަލްސާއަކީ އޭގެ ތެރެއިން އެއް ހަރަކާތް ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގަކީ ރާއްޖޭގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ވޭތުވެދިޔަ 28 އަހަރު އެންމެ ފުޅާކޮށް ފޯރުކޮށްދެމެންގެންދާ ކުންފުންޏެވެ. މުވައްޒަފުންގެ ހުނަރާއި ގާބިލިއްޔަތު، މީހުން ބިނާކުރުމާއި މުވައްޒަފުންނަށް ފޮރުކޮށްދޭ އެކި މަންފާތަކާއި އިނާޔަތްތަކުގެ ސަބަބުން އެ ކުންފުންޏަކީ ސައްތައަކުން 99 ދިވެހި މުވައްޒަފުން ހިމެނޭ ކުންފުންނެކެވެ.