ހަބަރު

ހަތަރު ރަށެއްގެ ފްލެޓުތަކަށް ހޮވުން 260 މީހުންގެ ލިސްޓު އާންމުކޮށްފި

ހަތަރު ރަށެއްގައި އިމާރާތްކޮށްފައިވާ ފްލެޓުތަކަށް ޝަރުތުހަމަވާ ފަރާތްތަކުގެ ލިސްޓު ހައުސިން މިނިސްޓްރީން އިއުލާންކޮށްފި އެވެ. ހައުސިން މިނިސްޓްރީން މިއަދު އިއުލާން ކުރީ ގދ. ގައްދު އާއި ހޯނޑެއްދު އާއި ގއ. ވިލިނގިލި އަދި ހއ. ދިއްދޫގައި އިމާރާތްކޮަށްފައިވާ ފްލެޓުތަކަށް ހޮވުން މީހުންގެ ލިސްޓެވެ.

ހަތަރު ރަށުން ވެސް ފްލެޓުތަކަށް ހޮވުން ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ މި މަހު 24 ވަނަ ދުވަހާ ހަމަޔަށް ހުޅުވާލައިފަ އެވެ. އެ ލިސްޓުތަގައިވާ ގޮތުން ދިއްދޫ އިން ޝަރުތުތަައް ހަމަވީ 138 މީހަކަށް ފްލެޓު ލިބޭ އިރު ވިލިނގިލިން 42 މީހަކަށް ފްލެޓް ލިބެ އެވެ. އަދި ގައްދޫ އާއި ހޯނޑެއްދޫ ވެސް ފްލެޓްތަކަށް ޝަރުތު ހަމަވެފައިވަނީ 40 މީހުންނެވެ.

ފްލެޓުތައް ލިބުނު ފަރާތްތަކުގެ ލިސްޓު ހާމަކޮށްފައިވާ އިރު އެއްވެސް ފަރާތެއްގެ ނަމެއް ހާމައެއް ނުކުރެ އެވެ. ލިސްޓުގައި ހިމަނާފައި ވަނީ ފްލެޓް ލިބުން ފަރާަތްތަކުގެ ފޯމު ނަމްބަރު އެކަންޏެވެ.

ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން މާލެއިން ޝަރުތު ހަމަވި 661 ފަރާތުގެ ނަން ހާމަ ނުކުރި މައްސަލަ ވެސް ވަނީ ހޫނުވެ، އޭސީސީއަށް ވެސް ހުށަހަޅާފަ އެވެ. މިނިސްޓަރު މުއިއްޒު ވިދާޅުވެފައި ވަނީ ނަން ހާމަ ނުކުރަނީ ބައެއްގެ ހައްގުތައް ހިމާޔަތް ކުރަން ކަމަށެވެ.