ހަބަރު

ޗައިނާގެ އިތުރު މަންޒިލަކަށް މޯލްޑިވިއަންގެ ދަތުރު ފަށައިފި

Sep 15, 2017

ގައުމީޗައިނާގެ އިތުރު މަންޒިލަކަށް ރާއްޖޭގެ ގައުމީ އެއާލައިން 'މޯލްޑިވިއަން'؛ އިން ދަތުރު ފަށައިފިއެވެ.

މިފަހަރު ދަތުރު ފެށީ ޗައިނާގެ ޒީޖިއާން ޕްރޮވިންސްގެ އެންމެ މީހުން ގިނަ، އަދި އެ ޕްރޮވިންސްގެ ވެރިރަށް ހޯންގްޒޯ އަށެވެ.

ހަންގްޒޯ އިން ފުރައިގެން ރާއްޖެ އައި މޯލްޑިވިއަންގެ ފުރަތަމަ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސީ މިއަދު ހެނދުނުއެވެ. އެބޯޓް ޖެއްސުމުން މަރުހަމާ ކިއުމުގެ ގޮތުން ވޯޓާ ސެލިއުޓެއް ވަނީ ދީފައެވެ.

މޯލްޑިވިއަން އިން ބުނީ އެ އެއާލައިނުން ހަންގްޒޯ އަށް ކުރާނީ ހަފުތާއަކު އެއް ދަތުރު ކަމަށެވެ.

މޯލްޑިވިއަން އިން ރާއްޖެ އާއި ޗައިނާއާ ދެމެދު ދަތުރުތައް ފެށީ 2013 ވަނަ އަހަރު އެވެ. މިހާރު ޗައިނާގެ ހަތް މަންޒިލަކަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ކުރެ އެވެ.